twitterviber whatsapp telegramfacebookyoutube instagram
2nd May 2026

ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ހއ އަތޮޅުން ވ. އަތޮޅަށް ޔެލޯ އެލާޓް ނެރެފި

Jan 14, 2025

ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން ޔެލޯ އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން ވ އަތޮޅަށް މިއަދުގެ 15:30 އިން ފެށިގެން 19:30 އަށެވެ.

އެ އިދާރާއިން ބުނީ މި މުއްދަތުގެ ތެރޭގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް ލަފާކުރެވޭ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލުގެ ބާރުމިނުގައި ވައިޖެހުމުގެ ފުރުސަތު އޮތްކަމަށެވެ.

މި ހާލަތާ ގުޅިގެން، މެޓް އޮފީހުން އިން ވަނީ އާންމު ރައްޔިތުންނަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. ހާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކަށް ވަނީ އިތުރަށް ސަމާލުވުމަށް އެދިފައެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް މެޓް އޮފީހުގެ ރަސްމީ ޗެނަލްތަކުން މަޢުލޫމާތު ހޯދުމަށްވެސް އާންމުންނަށް އިރުޝާދު ދީފައިވެއެވެ.

މީގެ އިތުރުން ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި ރާޅުތަކުގެ އުސްމިނުގައި ތިންފޫޓާއި ހަ ފޫޓު ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އެ އޮފީހުން ވަނީ ބުނެފައެވެ.

އެހެންކަމުން ހުރިހައި ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355