twitterviber whatsapp telegramfacebookyoutube instagram
23rd January 2025

ލަންކާ ކައިރީ ކޮޅިގަނޑެއް، ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ މޫސުން ގޯސް

Dec 31, 2024

ސްރީލަންކާގެ އިރުދެކުނުގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ މޫސުން ވަރަށް ގޯސް ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފި އެވެ.

އެ އިދާރާއިން އާންމުން ސަމާލުވުމަށް ކުރެއްވި އިލްތިމާސްގައި ބުނީ، ޖެނުއަރީ ފުރަތަމަ ދުވަހުން ފެށިގެން ފަސްވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ވަޔާއި ކަނޑުތައް ގަދަވާނެކަމަށް އެއިދާރާއިން ވަނީ ބުނެފައެވެ. އަދި ބައެއް އަތޮޅުތަކަށް އުދަ އެރުމުގެ ފުރުސަތުވެސް އެބައޮޮތްކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފަ އެވެ.

މެޓް އިން ލަފާ ކޮށްފައިވާގޮތުގައި ވައިޖެހޭނީ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް، އުތުރާއި އިރު އުުތުރުން، ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން، ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނުގައެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 50 މޭލަށް ވައިގަދަވާނެ ކަމަށް ބެލެވޭ ކަމަށް މެޓް އިން ވިދާޅުވެފައި ވެއެވެ.

އެހެންކަމުން ކަނޑުތައް އާންމު ގޮތެއްގައި ގަދަވާނެ ކަަމަށް ލަފާ ކުރެވޭ ކަމަށްވެސް މެޓް އިން ވިދާޅުވެފައި ވެއެވެ.

"ވީމާ ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑުދަތުރުކުރައްވާ ފަރާތްތަކުން، މި ސާވިސްއިން ނެރެމުންދާ އެންމެ ފަހުގެ މޫސުމާއި ނިމުތުތަކާއި ސަމާލުތަކަށް އިސްކަންދެއްވުމަށް އިލްތިމާސް ކުރަމެެވެ،". މެޓް އިން މިއަދު ހެނދުނު ނެރުނު މޫސުމާއި ބެހޭ ހަބަރުގައި ވިދާޅުވެފައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355