twitterviber whatsapp telegramfacebookyoutube instagram
26th April 2024

އިހަވަންދޫގައި ބާއްވާ ބޮޑު ތިލަދުންމަތި ފުޓްސަލް ޗެލެންޖްގައި ބައިވެރިވުމަށް ހުޅުވާލައިފި

މުޙައްމަދު އަހުމަދު
May 15, 2023

ބޮޑު ތިލަދުންމަތީގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ "ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖު" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މިމުބާރާތަކީ ހއ، ހދ، ށ އަތޮޅުގައި ހުރި ސަރުކާރު މުއައްސަސާތަކާއި، ހިލޭ ސާބަހަށް މަސައްކަތްކުރާ ކުލަބް ޖަމްއިއްޔާ ޖަމާއަތްތަކާއި، އަދި ކުންފުނިތަކާއި ރިސޯޓުތަކާއި ބޮޑު ތިލަދުންމަތީގެ ޒުވާނުންގެ މެދުގައި އެކުވެރިކަން ބަދަހި ކުރުމަށާއި، މި ތިން އަތޮޅުގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފެއްދުމަށް ބާއްވާ މުބާރާތެކެވެ.

އަދި ބޮޑު ތިލަދުންމަތީގެ ޒުވާނުންނަކީ ސިއްހީ ގޮތުން ދުޅަހެޔޮ ބަޔަކަށް ހެދުމަށާއި ޒުވާނުންގެ މެދުގައި އެކުވެރިކަން ގާއިމުކުރުމުގެ މަގުސަދުގައި އިހަވަންދޫ ކުލަބް ސާކްއިން، ބާއްވާ ފުޓްސަލް މުބާރާތެކެވެ. މުބާރާތުގައި ސާކް ކުލަބްގައި ރަޖިސްޓާވެފައިވާ ޓީމުތަކަށް ވެސް ބައިވެރިވެވޭނެ އެވެ.

މުބާރާތް ކުރިއަށްދާނީ އިހަވަންދޫ ގާޒީ ފުޓްބޯޅަ ދަނޑުގައި ހެދިފައިވާ ހާއްސަ ފުޓްސަލް ދަނޑެއްގަ އެވެ. މުބާރާތް ހިންގާނީ އިހަވަންދޫ ސީޕީއެސް ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބް (ސާކް) އިންނެވެ.

މިމުބާރާތުގައި އިހަވަންދޫގެ ސާކްގެ ރަޖިސްޓަރޑް ކުލަބްތައް ފިޔަވާ އެއްވެސް ކުލަބް ޖަމިއްޔާއަކަށް އަދި ސަރުކާރުގެ މުއައްސަސާއަކަށް ނުވަތަ ކުންފުންޏަކަށް ވެސް ބައިވެރިއެއް ނުވެވޭނެ އެވެ.

މުބާރާތުގެ ހުރިހާ މެޗެއްގައިވެސް އަމަލުކުރުމަށް ހަމަޖެހިފައިވަނީ ފީފާއިން ނެރެފައިވާ "ފުޓްސަލް ލޯޒް އޮފް ދަ ގޭމް"އާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. ޓީމެއްގައި ހިމެނޭނީ ގިނަވެގެން 14 ކުޅުންތެރިންނާއި 4 އޮފިޝަލުންނެވެ. އަދި މަދުވެގެން 10 ކުޅުންތެރިންނެވެ.

ކޮންމެ ޓީމެއްގެ 14 ކުޅުންތެރިންގެ ސްކޮޑްގައި 21 އަހަރުން ދަށުގެ 2 ކުޅުންތެރިން ހިމަނަން ޖެހޭއިރު ކޮންމެ މެޗެއްގެ ޓީމް ލިސްޓްގައި ސްކޮޑްގައި ތިބޭ 14 ކުޅުންތެރިންގެ ތެރެއިން ހިމެނޭނީ 12 ކުޅުންތެރިންނެވެ.

ޓީމް ލިސްޓްގައި ބައިވެރިވާ ޓީމްތަކަށް ރަށުން ބޭރުގެ އެއް ކުޅުންތެރިޔަކު ހިމެނޭނެ އެވެ. އަދި އެކުޅުންތެރިޔާއަކީ ބިދޭސީ ކުޅުންތެރިއަކަށް ވެގެންނުވާނެ އެވެ.

މިމުބާރާތުގައި 5 ޓީމު ނުވަތަ 5 ޓީމަށްވުރެ މަދުން ޓީމުތައް ބައިވެރިވާނަމަ ކުޅެވޭނީ ޕޮއިންޓް ސިސްޓަމަށެވެ. އަދި ކޮންމެ ޓީމެއްވެސް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމު ފައިނަލްގައި ކުޅޭ ގޮތަށެވެ. އަދި 6 ޓީމު ނުވަތަ 6 ޓީމަށްވުރެ ގިނައިން ޓީމުތައް ބައިވެރިވާނަމަ ކުޅެވޭނީ ގްރޫޕުތަކަށް ބަހާލައިގެން ޕޮއިންޓް ސިސްޓަމަށެވެ.

މުބާރާތުގައި ހޮވާ މަގާމުތަކަކީ ޗެމްޕިއަން ޓީމާއި، ރަނަރަޕް ޓީމު އަދި ފެއަރ ޕްލޭ ޓީމުގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއާއި އެންމެ މޮޅު 5 ކުޅުންތެރިން، ޓޮޕް ސްކޯރާ، 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި ކޮންމެ މެޗެއްގެ މޭން އޮފް ދަ މެޗާއި އެންމެ މޮޅު ކޯޗެވެ. އަދި ބައިވެރިވާ ކޮންމެ ޓީމަކަށް ހަނދާނީ ލިޔުމެއް ދެވޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355