twitterviber whatsapp telegramfacebookyoutube instagram
11th September 2026

އެތެރެހަށީގެ ޑޮކްޓަރަކާއި ކަރުންމަތީގެ ޑޮކްޓަރަކު ކުޅުދުއްފުށީ ވައިޓަލް ކެއާއަށް

May 18, 2023

ކަރުންމަތީގެ ހާއްސަ ޑޮކްޓަރަކާއި އެތެރެހަށީގެ ހާއްސަ ބަލިތަކުގެ ޑޮކްޓަރަކު ކުޅުދުއްފުށީ ވައިޓަލް ކެއާގައި ބަލި މީހުން ބަލާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މިމަހު 23 އަދި 24 ގައި އެ ކުލިނިކުގައި ބަލި މީހުން ބަލާގޮތަށް ހަމަޖެހިފައިވަނީ ކަރުމަތީގެ ހާއްސަ ޑޮކްޓަރު، ޑރ ތޫހާ ސައީދެވެ. އަދި އެތެރެހަށީގެ ހާއްސަ ބަލިތަކުގެ ޑޮކްޓަރު، ޑރ މުހައްމަދު މުތުއިމްވެސް އެ ކުލިނިކުގައި ފަރުވާދެއްވާނެ އެވެ.

ޑޮކްޓަރަށް ދައްކަން ބޭނުންވާ ފަރާތްތަކުން ހުކުރު ދުވަސް ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 - 19:30 އާ ދެމެދު 6527315 ނުވަތަ 7427315 ގުޅައިގެން އެޕޮއިންޓްމެންޓް ހެދޭނެ އެވެ.

ދަތުގެ ފަރުވާއަށް ހާއްސަކޮށް މިދިޔަ 2021 ވަނަ އަހަރު ޖެނުއަރީމަހު ވައިޓަލްކެއާއިން ކުޅުދުއްފުށީގައި ހުޅުވި ކުލިނިކް މަދު ދުވަސްކޮޅެއްތެރޭ ބޮޑުތިލަދުންމަތީގެ ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ހޯދާ، މަލްޓި ސްޕެސަލިޓީގެ ގިނަ ހިދުމަތްތަކާއެކު ހިދުމަތް ދެމުން އަންނަ ކުލިނިކެކެވެ.

ދަތުގެ ހުރިހާ ހިދުމަތެއް މިކުލިނިކުން ލިބޭއިރު، ލެބޯޓަރީއާއި ފާމަސީގެ ހިދުމަތްވެސް މި ކުލިނިކުން ލިބެ އެވެ.

އާސަންދައިގެ އިތުރުން ގިނަ އިންސުރެންސް ކަވަރޭޖް ލިބޭ މި ކްލިނިކުން އެލައިޑް އިންސުރެންސް، ސޮލަރެލްސް އިންސުރެންސް، އަމާނަތަކާފުލް އިންސުރެންސް، އެމްއެންޑީއެފް އަދި ޕޮލިސް އިންސުރެންސް ލިބޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293