twitterviber whatsapp telegramfacebookyoutube instagram
22nd May 2025

އެތެރެހަށީގެ ހާއްސަ ޑޮކްޓަރަކާއި ކަރުންމަތީގެ ހާއްސަ ޑޮކްޓަރަކު ހަފްތާ ބަންދުގައި ކުޅުދުއްފުށީ ވައިޓަލް ކެއާއަށް

ނަބީލާ އިސްމާޢީލް
Jul 28, 2024

އެތެރެ ހަށީގެ ބަލިތަކަށް ހާއްސަ ޑޮކްޓަރަކާއި ކަރުން މަތީގެ ބަލިތަކަށް ހާއްސަ ޑޮކްޓަރަކު ކުޅުދުއްފުށީ ވައިޓަލް ކެއާގައި މި ހަފްތާ ބަންދުގައި ބަލި މީހުން ބަލާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އޯގަސްޓް 2 އަދި 3 ގައި އެ ކުލިނިކުގައި ބަލި މީހުން ބަލާގޮތަށް ހަމަޖެހިފައިވަނީ އެތެރެ ހަށީގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރު، ޑރ. މުހައްމަދު މުތުއިމެވެ. އަދި ކަރުން މަތީގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރު، ޑރ.ތޫހާ ސައީދު، އެ ކުލިނިކުގައި ފަރުވާދެއްވާނެ އެވެ.

ޑޮކްޓަރަށް ދައްކަން ބޭނުންވާ ފަރާތްތަކުން އެކުލިނިކްގެ ނަމްބަރު 6527315 ނުވަތަ 7427315 ގުޅައިގެން އެޕޮއިންޓްމެންޓް ހެދޭނެ އެވެ.

ފުޅާ ދާއިރާއެއްގައި ދަތުގެ ފަރުވާގެ ހިދުމަތްވެސް ދެމުން އަންނަ ވައިޓަލް ކެއާއަކީ، މަލްޓި ސްޕެސަލިޓީގެ ގިނަ ހިދުމަތްތަކެއްވެސް ފޯރުކޮށްދެމުން އަންނަ ކުލިނިކެކެވެ.

އާސަންދަ ކަވަރުކުރާގޮތަށް ލެބޯޓަރީއާއި ފާމަސީގެ ހިދުމަތްވެސް މިކުލިނިކުން ލިބެން ހުރެއެވެ. މި ކުލިނިކް ހުންނާނީ ކުޅުދުއްފުށީ ދިރާގު އޮފީހުގެ އިރުމަތިން ސޯފިޔާގޭގަ އެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355