twitterviber whatsapp telegramfacebookyoutube instagram
21st August 2026

ބޮޑު ދެ އިންޖީނުގައި މައްސަލަ ޖެހި ކުޅުދުއްފުށިން ކަރަންޓް ކަނޑަނީ

އަބްދުލް ވާހިދު ޙަސަން
May 18, 2023
2

އިންޖީނެއްގެ ޓާބޯގައި ހުޅުހިފައި ހިނގި ހާދިސާއަކާ ގުޅިގެން އިތުރު އިންޖީނެއްގައިވެސް މައްސަލަ ޖެހި ކުޅުދުއްފުށީގެ އެކި ސަރަހައްދުތަކުން ކަރަންޓް ކަނޑަން ފަށައިފި އެވެ. ހުޅު ހިފި ނަމަވެސް ވަގުތުން އިންޖީނު ނިންވާލުމުން ހުޅުގަނޑު ނުފެތުރި ނިވުނެވެ.

ކުޅުދުއްފުއްޓަށް ކަރަންޓް ފޯރުކޮށްދިނުމަށް ބޭނުންކުރާ އެންމެ ބޮޑު އެއް އިންޖީނުގެ ޓާބޯއެއްގައި ހުޅުހިފާ، މުޅި ރަށުން ކަރަންޓް ކެނޑުނީ މިއަދު ހަވީރު 17:25 ހާއިރު އެވެ. އެހެންވުމުން ލޯޑް ނުހިފެހެއްޓިގެން އެކި ސަރަހައްދުތަކުން އަންނަނީ ކަރަންޓް ކަނޑަމުންނެވެ.

ކުޅުދުއްފުއްޓަށް ކަރަންޓް ފޯރުކޮށްދިނުމަށްޓަކާ 7 އިންޖީނު ބޭނުންކުރަމުންދާއިރު ހުޅު ހިފީ 1.2 ކިލޯވޯޓްގެ އިންޖީނެއްގައި އެވެ. އެއާއެކު ލޯޑްބޮޑުވެގެން 800 ކިލޯވޯޓްގެ އިންޖީނެއްގައި މައްސަލަ ޖެހުނީ ކަމަށް އެނގިފައިވެ އެވެ. މި ދެ އިންޖީނުގައި މައްސަލަ ޖެހިފައިމިވަނީ 1000 ކިލޯވޯޓްގެ އިންޖީނެއްގައި މައްސަލަ ޖެހި މަރާމާތުކުރުމުގެ މަސައްކަތް ކުރަމުން އަންނަނިކޮށެވެ.

ފެނަކައިން ބުނީ، މިމައްސަލަ ހައްލުކުރުމުގެ މަސައްކަތްކުރަމުންދާއިރު ދޭތެރެ ދޭތެރެއިން ރަށުގެ އެކި ސަރަހައްދުތަކުން ކަރަންޓްގެ ހިދުމަތް މެދުކެނޑޭނެ އެވެ. އެކަމަކު މައްސަލަ ހައްލުކޮށް މުޅި ރަށަށް އަލުން ކަރަންޓް ފޯރުކޮށްދެވޭނެ ގަޑިއެއް ހާމަކޮށްފައެއް ނުވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355