ކުޅުދުއްފުށީ ބޮޑު ސަރަހައްދަކު ކަރަންޓްގެ ހިދުމަތް ކެނޑިއްޖެ އެވެ. ކަރަންޓްގެ ހިދުމަތް ކެނޑުނީ މިއަދު ހެނދުނު ގާތްގަނޑަކަށް 9:34 ހާއިރު އެވެ.
ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑުނުއިރު މިހާރު އަންނަނީ ބައެއް ސަރަހައްދުތަކަށް ކަރަންޓް ދެމުންނެވެ.
ފެނަކަ ކުޅުދުއްފުށީ އޮފީހާ ހަވާލުވެހުންނެވި މެނޭޖަރު އަހުމަދު މުހައްމަދު ވިދާޅުވީ، ކަރަންޓް ހިދުމަތް މެދުކެނޑުނު ސަބަބު އަދި ދެނެގަނެވިފައިނުވާކަމަށާއި ބޮޑަށް ޝައްކުކުރެވެނީ ކޭބަލެއްގައި މައްސަލަ ކަމަށެވެ.
އެ މައްސަލަ ދެނެގަތުމުގެ މަސައްކަތް އިންޖިނިއަރުންގެ ޓީމުން ކުރަމުންދާ ކަމުގައި އޭނާ ވިދާޅުވި އެވެ.
ފެނަކަ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މައްސަލަ ހައްލުކޮށް އަލުން ކަރަންޓް ދިނުމުގެ މަސައްކަތް މިވަގުތު ކުރިއަށްދާ ކަމަށާއި
ކަރަންޓް ކެނޑޭ ކޮންމެ ފަހަރަކުވެސް ކަރަންޓް އައުމުގެ ކުރިން، ބޭނުންކުރަށްވާ އިލެކްޓްރޯނިކް އަދި އިލެކްޓްރިކަލް ހުރިހާ ތަކެއްޗެއްގެ ސްވިޗް އޯފް ކޮށްފައިބެހެއްޓުމަކީ ރައްކާތެރި ކަމެއް ކަމުގައި އެވެ.
ކުޅުދުއްފުށީގައި ކަރަންޓްގެ ހިދުމަތް ދިނުމަށް 10 އިންޖީނު ހުރެ އެވެ.