twitterviber whatsapp telegramfacebookyoutube instagram
27th April 2026

ކަރަންޓް ބިލު ބޮޑުވި މައްސަލާގައި ފެނަކަ އިން ހައްލުތަކެއް ހޯދައިދޭނެކަމަށް އެއްބަސްވެއްޖެ

ނަބީލާ އިސްމާޢީލް
Apr 27, 2026
ކުޅުދުއްފުށީ ސިޓީ

މި އެޕްރީލްމަހު ކުޅުދުއްފުށީގެ ގޭބިސީތަކުގެ ކަރަންޓް ބިލް އާދަޔާ ހިލާފަށް ބޮޑުވުމާ ގުޅިގެން އާންމުންގެ ފަރާތުން ގިނަ ޝަކުވާތަކެއް ލިބިފައިވާކަމަށާއި އެކަމުގެ ހައްލު ހޯދައިދިނުމަށް މަސައްކަތްތަކެއް ކުރަމުންދާކަމުގައި ކުޅުދުއްފުށީ ފެނަކަ އޮފީހުން ބުނެފި އެވެ.

އެޕްރީލް މަހަކީ ހޫނުގަދަ މަހެއް ނަމަވެސް ކުރި އާއި ހިލާފަށް ގޭބީސީތަކުގެ ކަރަންޓް ބިލު ބޮޑުތަނުން ބޮޑުވެ، ހިތްހަމަނުޖެހި އެކަމުގެ ޝަކުވާ އުފުލުމަށް ރައްޔިތުންގެ ބަޔަކު އިއްޔެ ވަނީ ކުޅުދުއްފުށީ ފެނަކަ އޮފީހަށް ގޮސް އެ އޮފީހުގެ މެނޭޖަރު އަހުމަދު މުހައްމަދުއާ ބައްދަލުކޮށް ޝަކުވާ ހުށަހަޅާފަ އެވެ. އަދި ފޯނު މެދުވެރިކޮށް ފެނަކައިގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރާ މަޝްވަރާކުރި އެވެ.

"މި މައްސަލާގައި، އެކްޓިންގ މެނޭޖިންގ ޑިރެކްޓަރާ ގުޅިގެން މުހިންމު ބައެއް ކަސްޓަމަރުންނާއެކު ބައްދަލުވުމެއް [ފޯނުން ގުޅާ] ކުޅުދުއްފުށީގެ ފެނަކަ އޮފީހުގައި އިންތިޒާމުކޮށް، އެމީހުންގެ ކަންބޮޑުވުންތަކާއި، ކުރެވިދާނެ ހައްލުތަކާ ބެހޭގޮތުން މަޝްވަރާކުރެވުނު." ކުޅުދުއްފުށީ ފެނަކަ އޮފީހުން ސޯޝަލް މީޑިއާ ކުރި ޕޯސްޓްގައި ބުނެފައިވެ އެވެ.


ބައްދަލުވުމަށްފަހު ފެނަކަ އިން ހައްލުކުރަން މަސައްކަތްކުރާނެ އެއްބަސްވި މައްސަލަތައް:

1. ވަކި ސަރަހައްދުތަކެއްގައި ވޯލްޓޭޖް ދަށްވުން.

* ކަސްޓަމަރުންނަށް ބައެއް ތަންތަނުގައި ވޯލްޓޭޖް ދަށްވުމުގެ މައްސަލަތައް ދިމާވަމުންދާތި އެމައްސަލަ ހައްލު ކުރުމަށް ތިންމަހުގެ ޓައިމް ލައިންނެއް ކަނޑައެޅުން.

2. ބިލިންގ ބޭންޑް ރޭޓް.

* ކަސްޓަމަރުން އެދެނީ މިހާރު ބިލިންގ ބޭންޑް ރޭޓްތައް ރިވިއު ކުރުމަށެވެ.
* ރޭޓްތައް އަގުހެޔޮ އަދި އެކަށީގެންވާ ރޭންޖަކަށް އެޑްޖަސްޓް ކުރުމަށް ޔޫ އެލް އާރް އައި މަޝްވަރާކުރުން.

މި ކަންބޮޑުވުންތައް އިތުރަށް ވަޒަންކޮށް، ކަސްޓަމަރުންގެ ހިތްހަމަޖެހުމާއި ހިދުމަތުގެ އިތުބާރު ކުރެވޭ ގޮތަށް އަމަލީ ހައްލުތައް ހުށަހަޅާ އަޅާފައިވާ ވާނޭކަމަށްވެސް ކުޅުދުއްފުށީ ފެނަކަ އޮފީހުގެ ޕޯސްޓްގައިވެ އެވެ.

މިދިޔަ މަހުގެ ކަރަންޓު ބިލު ބޮޑުވެގެން ފެނަކައިގެ ހިދުމަތް ހޯދާ ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ވަކިން ހާއްސަކޮށް ރޯދަމަހުގެ ޑިސްކައުންޓާއެކު އެންމެ 400 ރުފިޔާގެ ބިލެއް ދެއްކުމަށްފަހު، މި މަހުގެ ބިލު މިހާ ބޮޑުވުމުން ގިނަ ރައްޔިތުންތަކެއް އަންނަނީ ބިލު ބޮޑުވި ގޮތާމެދު ސުވާލު އުފައްދަމުންނެވެ.

ޕީއެސްއެމްގެ ޕްރޮގްރާމަކަށް ދެއްވި އިންޓަވިއުއެއްގައި ފެނަކަ ކޯޕަރޭޝަންގެ ޗީފް ޓެކްނިކަލް އޮފިސަރު އަބްދުﷲ ނާޝިތު ވިދާޅުވީ ފެނަކައިން ބޭނުންކުރާ މީޓަރުތަކަކީ ރަނގަޅަށް މިންކުރެވިގެން ރީޑިންތައް ނެގޭ މީޓަރުތަކެއްކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355