twitterviber whatsapp telegramfacebookyoutube instagram
10th April 2026

އިންކް ވެލް އިން މިހާރު ޕީވީސީ ކާޑު ޕްރިންޓްކޮށްލެވޭނެ

ނަބީލާ އިސްމާޢީލް
May 22, 2023

މިދިޔަ އަހަރު ކުޅުދުއްފުށީގައި އަލަށް ހުޅުވި ފޮޓޯ ކޮޕީގެ ހިދުމަތްދޭ ފިހާރަ "އިންކް ވެލް" އިން ޕީވީސީ ކާޑު ޕްރިންޓް ކުރުމުގެ ހިދުމަތް ފަށައިފި އެވެ. މިއީ އަލަށް ކުޅުދުއްފުށީގައި ފެށި ހިދުމަތެކެވެ.

ކުޅުދުއްފުށީ އަމީނީމަގު އުތުރު ކޮޅުގައި ޒަމާނީގޭގައި ހުޅުވާފައި ހުންނަ މި ފިހާރައަކީ ސްކޫލު ކުދިން އަދި އެހެނިހެން ފަރާތްތަކަށް ފަސޭހަކަމާއެކު ހެޔޮއަގުގައި ޕްރިންޓްކުރުމުގެ ފުރުސަތު ދިނުމުގެ ބޭނުމުގައި ހުޅުވި ފިހާރައެކެވެ.

ޕީވީސީ ކާޑު ޕްރިންޓްކުރަން ފެށުމާއެކު ޑިޖިޓަލް ލައިސަންސް ކާޑާއި ސްޓާފް ކާޑުވެސް އިންކް ވެލް އިން މިހާރު ތައްޔާރުކޮށްލެވޭނެ އެވެ. އަދި މިއަހަރުގެ ފޮތް ސީޒަނުގައި ނޮވެލްޓީގެ ފޮތް ވައުޗާއަށް ލިބޭނެކަމަށްވެސް އެފަރާތުން މައުލޫމާތުދެ އެވެ.

މި ފިހާރައިން އެންމެ ޒަމާނީ މެޝިނަރީސް ބޭނުންކޮށްގެން ފޮޓޯ ކޮޕީ ހެދުމާއި، ލެމިނޭޓް ކުރުމާއި ކުލަ ޕްރިންޓް އޭ 3 އާ ހަމައަށްކުރުމުގެ އިތުރުން ބައިންޑް ކުރުމާއި ހީރާސް ޖެހުމުގެ ހިދުމަތް ފޯރުކޮށްދެއެވެ. އަދި އެކި ހަފްލާތަކަށް ކާޑު ޑިޒައިންކޮށްދީ ޕްރިންޓް ކޮށްދިމުނުގެ ހިދުމަތްވެސްވަނީ ފަށާފައެވެ.

ހަމަ މިއާއެކު ކުދި ވިޔަފާރިތަކަށާއި އަމިއްލަ ފަރާތްތަކުގެ ގޭގޭގައި ސީސީޓީވީ ސިސްޓަމް ހަރުކޮށްދިނުމާއި ނެޓްވޯކް އަޅައިދިނުމުގެ ހިދުމަތްވެސް މިފިހާރައިން ފޯރުކޮށްދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355