twitterviber whatsapp telegramfacebookyoutube instagram
30th April 2026

އެމްއެންޔޫ ކުޅުދުއްފުށީ ކެމްޕަސް: ބެޗްލާސް ނާސިންގ ދަރިވަރުން ކުޑަކުދިންގެ ހަވީރަކާއެކު ހެލްތް ޕްރޮމޯޝަން އެއް

ނަބީލާ އިސްމާޢީލް
May 20, 2023

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ، ކުޅުދުއްފުށީ ކެމްޕަސްގައި ބެޗްލާސް ނާސިންގ ކިޔަވާ 8 ވަނަ ސެމިސްޓަރގެ ދަރިވަރުން މިއަދު ކުޅުދުއްފުށީގައި "ދެމެހެއްޓެނިވި ދުޅަހެޔޮ ސިއްހަތަކަށް އުނގެނުމުގެ މުހިންމުކަން" ނަމުގައި ހެލްތް ޕްރޮމޯޝަނެއް ކުރިއަށް ގެންދާނެއެވެ.

އެމްއެންޔޫއިން ހާމަކުރިގޮތުގައި ހުރިހާ އުމުރެއްގެ މީހުންނަށްވެސް ބައިވެރިވެވޭ ގޮތަށް ބާއްބާ މި ހެލްތް ޕްރޮމޯޝަން ކުރިއަށްދާނީ މިއަދު ހަވީރު 16:00 ން 18:00 އަށް ރަށްމަތި ފަންނުގަ އެވެ.

މި ހެލްތް ޕްރޮމޯޝަންގައި ކުޑަކުދިންނަށް ހާއްސަ ކިޑްސް ކޯނާއަކާއި ފުޑް ސްޓޯލެއް ހިމެނޭއިރު ގުރުއަތުން ހޮވޭ ފަރާތަކަށް 500 ރުފިޔާގެ އިނާމެއް ލިބޭގޮތައް ވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުން ބޮޑެތި މީހުންނަށް މައުލޫމާތު ދިނުމަށްހަމަޖެހިފައިވާއިރު މައުލޫމާތު ދެވޭ ބައިތަކުގެ ތެރޭގައި ފުރަތަމަ އެހީ "ސީޕީއާރު"، ވާގިނެތޭ ބަލި ނުވަތަ ސްޓްރޯކްގެ މައުލޫމާތު ދިނުން، ހިތް ހުއްޓުން ނުވަތަ ހާޓް އެޓޭކްގެ މައުލޫމާތު ދިނުން، ނަފްސާނީ ދުޅަހެޔޮކަމުގެ މައުލޫމާތު ދިނުން އަދި ރަނގަޅު ކާނާ ކެއުމާއި ޖިސްމާނީ ދުޅަހެޔޮކަމުގެ މުހިންމުކަން ހިމެނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355