twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކުޅުދުއްފުށީ އެއާޕޯޓަށް މިމަހު 30 ގައި ރޭގަނޑު ދަތުރުތައް ފަށަނީ

އަބްދުލް ވާހިދު ޙަސަން
May 22, 2023
2

ކުޅުދުއްފުށީ އެއާޕޯޓަށް މިމަހު 30 ގައި ރޭގަނޑު ދަތުރުތައް ފެށުމަށް ނިންމާ މާދަމާ އިން ފެށިގެން ބުކިންއަށް ހުޅުވާލާނެކަމަށް މޯލްޑިވިއަނުން ބުނެފި އެވެ.

ކުޅުދުއްފުށީ އެއާޕޯޓަށް ރޭގަނޑު ފްލައިޓް ދަތުރުތައް ކުރޭނެ ގޮތަށް ރަންވޭގައި ބައްތި ޖަހާ ނިންމާ ޓެސްޓް ފްލައިޓް އެޅީ މިމަހު 13 ވަނަ ދުވަހު އެވެ.

ކޭއޯއަށް މައުލޫމާތުދެއްވަމުން މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަން އެގްޒެކެޓިވް މުޝިލް ސޮބާހު ވިދާޅުވީ، މިމަހު 30 އިން ފެށިގެން ކުޅުދުއްފުއްޓަށް ރޭގަނޑު ދަތުރުތައް ފަށަން ނިންމާފައިވާ ކަމަށެވެ. އަދި މާދަމާ އިން ފެށިގެން ބުކިންއަށް ހުޅުވާލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުޅުދުއްފުއްޓަށް ރޭގަނޑު އަޅާ ފްލައިޓް މާލޭ އިން ފުރަން ހަމަޖެހިފައިވަނީ 18:50 ގައި އެވެ. އަދި ކުޅުދުއްފުށިން މާލެއަށް އެ ފްލައިޓް ފުރަން ހަމަޖެހިފައިވަނީ 20:15 ގައި ކަމަށް މުޝިލް ވިދާޅުވި އެވެ.

ރޭގަނޑު ދަތުރުތައް ފެށުމާއެކު މާލެ އާއި ކުޅުދުއްފުއްޓާ ދެމެދު ދުވާހަކު ތިން ދަތުރު އަޅާނެ އެވެ. އެއީ މިހާރުވެސް ހެނދުނާއި ހަވީރު އަޅާ ދެ ފްލައިޓާއެކު އެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ތަރައްގީކުރި މިއެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ފެށީ 2019 ވަނަ އަހަރުގެ އޯގަސްޓްމަހުގެ 9 ވަނަ ދުވަހު އެވެ. އެކަމަކު ރަންވޭގައި ލައިޓްހަރުކޮށްފައިނުވުމުގެ ސަބަބުން ރޭގަނޑު ދަތުރުތައް ކުރެވޭ ގޮތް އޮތީ ނުވެ އެެވެ.

ކޮންމެ ދުވަހަކުވެސް ގިނަ ބަޔަކު ކުޅުދުއްފުށިން މާލެއަށް ދަތުރުކުރާއިރު ފްލައިޓްތައް މަދުވެ ޖާގަ ނުލިބުމުގެ ޝަކުވާ ބޮޑެވެ. އެކަމަކު ރޭގަނޑުގެ ދަތުރުތައް ފެށުމާއެކު ޖާގައިގެން މައްސަލަ ބޮޑުތަނުން ލުއިވެގެންދާނެކަމަށް މޯލްޑިވިއަނުން ދެކެ އެވެ.

ރޭގަނޑު ކުޅުދުއްފުއްޓަށް ދަތުރުތައް ފަށަން ތައްޔާރުވާއިރު ހަނިމާދޫ އިންޓަނޭޝަން އެއާޕޯޓް ބޮޑުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355