twitterviber whatsapp telegramfacebookyoutube instagram
8th November 2026

ހދ އަތޮޅުގެ އިސް މެޖިސްޓްރޭޓް އަލީ އާދަމަށް މަރުގެ އިންޒާރުދީފި

May 22, 2023
7

ހދ އަތޮޅުގެ އިސް މެޖިސްޓްރޭޓް އަލީ އާދަމަށް މަރުގެ އިންޒާރުދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ފަނޑިޔާރު އަލީ އާދަމަށް މީހަކު މަރުގެ އިންޒާރުދީފައިވަނީ ކޯޓުން ބޭރުގައި އުޅުއްވަނިކޮށެވެ.

ކޭއޯއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ހދ އަތޮޅުގެ އިސް މެޖިސްޓްރޭޓަށް މަރުގެ އިންޒާރު ދިން މައްސަލައެއް މިއަދު ހެނދުނުގެ ވަގުތެއްގައި ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.

އެ މައްސަލަ ފުލުހުން ބަލަމުންދާއިރު އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާކަމަށް ފުލުހުން ވިދާޅުވެ އެވެ.

އަލީ އާދަމުގެ އިތުރުން ކުޅުދުއްފުށީ ކޯޓުގައި އިތުރު ދެ ފަނޑިޔާރަކުވެސް ތިއްބަވަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293