twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ހދ ޖުޑީޝަލް ދާއިރާ ހިންގުން މުހައްމަދު އިސްމާއީލްއާ ހަވާލުކޮށްފި

ނަބީލާ އިސްމާޢީލް
Nov 21, 2023

ހދ ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓްގެ މަގާމު ހުސްވުމާ ގުޅިގެން، އެ މަގާމަށް މީހަކު ހަމަޖެހެންދެން، ހދ ޖުޑީޝަލް ދާއިރާ ހިންގުން ވަގުތީ ގޮތުން ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް މުހައްމަދު އިސްމާއީލްއާ ހަވާލުކުރުމަށް ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމައިފި އެވެ.

މުހައްމަދު އިސްމާއިލްއާ މި މަގާމު ހަވާލުކޮށްފައި މިވަނީ ވަރިވާން އެދި ކޯޓަށް ދިޔަ އަންހެނަކަށް ގުޅިކަމުގެ ތުހުމަތު ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ އާދަމް އެ މަގާމުން ދަށް ކުރުމުންނެވެ

ޖޭއެސްސީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މައްސަލައެއްގައި ކަމާބެހޭ މައުލޫމާތު ސާފުނުކޮށް، މައްސަލަ އެކަށީގެންވާ މިންވަރަށް ދިރާސާކޮށްފައިނުވާތީ، ދާއިރާ އިސްމެޖިސްޓްރޭޓް އަލީ އާދަމް މައްސަލަ ބެލުމުގައި ފަރުވާކުޑަކޮށްފައިވާކަން ތަހުގީގަށް ސާބިތުވާ ކަމަށެވެ.

އެހެންކަމުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ 18 ވަނަ މާއްދާގެ (ނ) އާއި ޤާނޫނު ނަންބަރު 2010/13 ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި، އެ ޤާނޫނުގެ 33 ވަނަ މާއްދާގެ (ހ) އަދި (ށ) އާއި، އަދި 34 ވަނަ މާއްދާގެ (ށ) އާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 1.1 އާއި، 1.6 އާއި 6.4 އާއި ޚިލާފުވެފައިވާތީ ހުރި މަގާމަށްވުރެ ދަރަޖަ ދަށްކުރުމަށް ފެންނަކަމަށް ކޮމިޝަނުން މިދިޔަ އާދީއްތަ ދުވަހުގެ ރޭ ބޭއްވި 76 ވަނަ ޖަލްސާގައި ނިންމާފައިވާ ކަމަ އެކޮމިޝަނުން ބުނެ އެވެ.

އެގޮތުން ހދ ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލީ އާދަމް، 2023 ނޮވެމްބަރު 20ވަނަ ދުވަހުން ފެށިގެން ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްގެ މަޤާމަށް ވަނީ ބަދަލުކުރެވިފަ ކަމަށް ޖޭއެސީ ބުނެ އެވެ.

މީގެ އިތުރަށް އެ ކޮމިޝަނުން ބުނީ މެޖިސްޓްރޭޓް އަލީ އާދަމްއާ ގުޅޭގޮތުން މީގެ ކުރިން ތަހުގީގުކުރެވުނު ސީރިއަސް މައްސަލަތަކަކާ ގުޅިގެން، ސުލޫކީ މައްސަލަ ސާބިތުވެ، ފަނޑިޔާރުކަމުން ވަކިކުރުމަށް ދެފަހަރެއްގެ މަތިން، 2023 ޖުލައި 23 ވަނަ ދުވަހުގަ އާއި 2023 އޮކްޓޫބަރު 26 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ވަނީ ލަފާ އަރުވާފައި ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355