twitterviber whatsapp telegramfacebookyoutube instagram
28th March 2024

ދަ ޑިމޮކްރެޓްސް ޕާޓީ އުފައްދަން ހުއްދަ ދީފި

ނަބީލާ އިސްމާޢީލް
May 24, 2023

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރިއަށް ގެންދަވާ ސިޔާސީ ހަރަކާތް "ފިކުރެއްގެ ދިރުން"ގެ ޓީމުން އުފައްދަން އުޅޭ ސިޔާސީ ޕާޓީ "ދަ ޑިމޮކްރެޓްސް" އުފެއްދުމަށް ހުއްދަ ދިނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

"ދަ ޑިމޮކްރެޓްސް" ގެ ނަމުގައި ސިޔާސީ ޕާޓީއެއްގެ އުފެއްދުމުގެ ހުއްދައަށް އެދިވަޑައިގަތީ އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފެވެ. "ދަ ޑިމިކްރެޓްސް"ގެ ނަމުގައި ސިޔާސީ ޕާޓީ އުފެއްދުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށައެޅުއްވީ މިދިޔަ އާދީއްތަ ދުވަހުއެވެ.

ސިޔާސީ ޕާޓީތަކާބެހޭ ޤާނޫނުގައި ބަޔާންކުރާގޮތުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުށަހަޅާތާ 7 ދުވަހުގެ ތެރޭގައި ޕާޓީ އުފެއްދުމުގެ ހުއްދަ ދިނުމާމެދު އިލެކްޝަންސް ކޮމިޝަނުން ގޮތެއް ނިންމަވަން ޖެހެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް ވިދާޅުވީ މިއަދުން ފެށިގެން ޕާޓީ އުފެއްދުމުގެ މަސައްކަތް ކުރުމުގެ ފުރުސަތު އޮންނާނެކަމަށެވެ.

ނަޝީދު "ފިކުރެއްގެ ދިރުން" ހަރަކާތުން މިއަދު އުފެދިގެން ދިޔަ ޑިމޮކްރެޓްސްއިން ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށް ވަނީ އިއުލާނުކޮށްފަ އެވެ. ނަޝީދަށް ތާއީދު ކުރާ މަޖިލީހުގެ 12 މެމްބަރަކުން ވަނީ އެމްޑީޕީއިން ވަނީ އާ ޕާޓީއާއި ގުޅިފަ އެވެ. އަދި ނަޝީދަށް ތާއީދުކުރާ އެހެން ފަރާތްތަކުން ވެސް ދަނީ އެމްޑީޕީއިން ވަކިވަމުން ނެވެ.

"ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދީފައިވާއިރު، ސިޔާސީ ޕާޓީތަކުގެ ޤާނޫނު ބަޔާންކުރާ ގޮތުން ޕާޓީ ރަޖިސްޓްރީކުރުމަށް 3000 މެންބަރުންގެ ސޮއި ހޯދައި އިލެކްޝަންސް ކޮމިޝަނަށް ހުށައަޅަންޖެހެއެވެ.

ޕާޓީ އުފެއްދުމަށް ފޯމު ހުށަހެޅުމަށްފަހު ހަސަން ލަތީފް ވިދާޅުވެފައިވަނީ އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދެއްވުމާއެކު ޕާޓީ އުފެއްދެވުމުގެ މަސައްކަތް ފަށްޓަވާނެކަމަށެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެޕާޓީގެ ފަރާތުން ވާދަ ކުރައްވާނެ ކެނޑިޑޭޓަކު ކަނޑައަޅުއްވާނެ ކަމަށްވެސް ހަސަން ލަތީފް ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355