twitterviber whatsapp telegramfacebookyoutube instagram
12th May 2026

ކުރިނބި ޑަބްލިއުޑީސީގެ ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށް

Dec 14, 2024

ހދ. ކުރިނބި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގެ ވޯޓުލުން ފަށައިފި އެވެ.

މި ބައި-އިލެކްޝަނަކީ ކުރިނބީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ހުސްވެފައިވާ ތިން މެންބަރުން އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބެކެވެ.

މި އިންތިހާބުގައި ހަ ކެންޑިޑޭޓުން ވާދަކުރާއިރު ވޯޓުލުން ކުރިއަށްދަނީ ކުރިނބީ އާއި މާލޭގަ އެވެ.

އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން

- ފާތިމަތު ނާފިޡާ އިސްމާއީލް، ވީނަސް / ހދ. ކުރިނބި - ޕީއެންސީ
- ފާޠިމަތު ޝައިނާ، ހަވާސާ / ހދ. ކުރިނބި - އެމްޑީޕީ
- އިނާސާ އާދަމް، ދޫގަސް / ހދ. ކުރިނބި - ޕީއެންސީ
- ރާނިޔާ މުޙައްމަދު، ފަލަކު / ހދ. ކުރިނބި - ޕީއެންސީ
- އިފާޤާ އާދަމް، ފެންފިޔާޒުގެ / ހދ. ކުރިނބި - އެމްޑީޕީ
- ފިރާޝާ ޢަލީ، ކަނީރުމާގެ / ހދ. ކުރިނބި - އެމްޑީޕީ

ކުރިނބީގައި ވޯޓުލުން ކުރިއަށްދަނީ ކުރިނބީ ސްކޫލު ހޯލުގަ އެވެ. މާލޭގައި ވޯޓުލުން ކުރިއަށްދަނީ އާ ދަރުމަވަންތަ ސްކޫލު، ދެކުނު އިމާރާތުގަ އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކުރި ގޮތުގައި މި އިންތިހާބުގައި ޖުމްލަ 558 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެ އެވެ.

މި އިންތިހާބުގެ ވޯޓުލުން ކުރިއަށްދާނީ މިއަދު ހަވީރު 4:00 އާ ހަމައަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355