twitterviber whatsapp telegramfacebookyoutube instagram
15th June 2026

ތައިލޭންޑްގެ ސަފީރުކަމަށް ފުއާދު އައްޔަން ކުރައްވައިފި

Dec 16, 2024
1

ތައިލެންޑަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް، އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީޤް މިއަދު އައްޔަންކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ފުއާދަށް މަގާމުގެ ފަތްކޮޅު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.

ފުއާދު އެ މަގާމަށް އައްޔަން ކުރަން މަޖިލީހުގެ އިއްތިފާގުން ފާސްކުރީ މިދިޔަ ހޯމަ ދުވަހުއެވެ. އީސީގައި ފުއާދުގެ ދައުރު ހަމަވެފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 23ވަނަ ދުވަހަށެވެ.

އީސީގެ ގަވާއިދު ބުނާގޮތުން ދެ ދައުރަށް ވުރެ އިތުރަށް އެ ކޮމިޝަންގެ މެންބަރުކަމުގައި ނުހުންނެވޭނެއެވެ. އެހެންކަމުން ދައުރު ހަމަވުމާ އެކު ފުއާދު ޖެހިވަޑައިގަތީ އެ ކޮމިޝަންގެ ވަޒީފާއިން ވަކިވެވަޑައިގަންނަވާށެވެ.

ކުރިން 1978ވަނަ އަހަރުން ފެށިގެން އެކިއެކި އިންތިހާބުތައް ބޭއްވުމުގެ މަސައްކަތުގައި ހަރަކާތްތެރިވެވަޑައިގަންނަވަމުން އަންނަ ފުއާދު އީސީގެ މެންބަރުކަމަށް އެންމެ ފުރަތަމަ އައްޔަންކުރެއްވީ އާ ގާނޫނޫއަސާސީގެ ދަށުން ފުރަތަމަ އެކުލަވާލި ކޮމިޝަނަށް 2008ވަނަ އަހަރެވެ.

ފުއާދަކީ އޭރު ރާއްޖޭގައި ހިންގަމުން ދިޔަ ހުރިހާ ސިޔާސީ ޕާޓީއަކުން ރުހިގެން އެ ފަހަރު ކޮމިޝަނަށް އައްޔަންކުރެއްވި މެންބަރެކެވެ. ފުއާދަކީ މީގެ ކުރިން ފޮރިން މިނިސްޓްރީއާއި ސާކްގައި ވެސް މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355