twitterviber whatsapp telegramfacebookyoutube instagram
8th November 2026

މާފަރު އެއާޕޯޓުގައި އެކްސްކެވޭޓަރެއް ފުރޮޅާލައި އަނިޔާވި މީހަކު މަރުވެއްޖެ

May 25, 2023

ނ. މާފަރު އެއާޕޯޓް ރަންވޭގެ މަސައްކަތުގައި ބޭނުންކުރަމުންދިޔަ އެކްސްކެވޭޓަރެއް ފުރޮޅާލައި އަނިޔާވި މީހަކު މަރުވެއްޖެ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ވިދާޅުވީ އެ އެއަރޕޯޓްގެ މަސައްކަތުގެ ތެރެއިން ހައިމާކެއް ފުރޮޅާލައި އަނިޔާވި މީހަކު މާފަރު ހެލްތް ސެންޓަރަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށެވެ. މަރުވެފައި ވަނީ އެ ހައިމާކު ދުއްވަން އިން އިންޑިއާ އަށް ނިސްބަތްވާ 35 އަހަރުގެ މީހެކެވެ.

އޭނާ މަރުވެފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 9:27 ހާއިރުއެވެ. މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާގައި މަރުވެފައިވަނީ އެމްޓީސީސީގެ މުވައްޒިފެކެވެ. މާފަރު އެއާޕޯޓް އެކްސްޓެންޝަންގެ މަސައްކަތް މިހާރު ކުރަމުންދާއިރު، ރަންވޭ ބޮޑު ކުރުމުގެ މަސައްކަތާ ހަވާލުވެ އެ މަސައްކަތް ކުރަމުން ދަނީ އެމްޓީސީސީންނެވެ.

މިއީ 27.1 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން, އެ އެއާޕޯޓުގެ 2.2 ކިލޯމީޓަރުގެ ރަންވޭ 2.85 ކިލޯމީޓަރަށް ބޮޑުކުރުމަށް ވަނީ ހަމަޖެހިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293