twitterviber whatsapp telegramfacebookyoutube instagram
5th January 2026

ޕީއެސްއެމް ހިންގަނީ ރައްޔިތުންގެ ޓެކްސް ފައިސާއިން، ރައްޔިތުން ތަމްސީލުކުރާ މެމްބަރުން ދައްކާ ވާހަކަތައް ގެނެސްދޭން މަޖުބޫރު: އީވާ

May 25, 2023

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ހިންގަނީ ރައްޔިތުންގެ ޓެކްސް ފައިސާ އިން ކަމަށާއި އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ލައިވް ޖަލްސާތައް އެ ޗެނެލްއިން ދެއްކުން ހުއްޓައެއް ނުލެވޭނެ ކަމަށް މަޖިލީހުގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

އޮންލައިން ނޫހަކުން ޕީއެސްއެމްއިން މަޖިލިސް ދެއްކުން ހުޓާލައިފިކަމަށް ލިޔެފައިން ހަބަރެއް ރީޓްވީޓް ކުރަމުން އީވާ ކުރި ޓްވީޓެއްގައި ވިދާޅުވީ ޕީއެސްއެމް ހިންގަނީ ރައްޔިތުންގެ ޓެކްސް ފައިސާއިން ކަމަށާއި އެހެން ކަމުން ރައްޔިތުން ތަމްސީލުކުރާ މިހުން ދައްކާ ވާހަކަތައް ޕީއެސްއެމްއަށް ދައްކަން މަޖުބޫރު ކަމަށެވެ.

އަދި ޕީއެސްއެމް ޓީވީ ނިއްވާލުމުގެ ހައްގު އޮންނާނީ ރައްޔިތުންނަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މިއީ ޑިމޮކްރަސީއާއެކު އަޅުގަނޑުމެން ހޯދި ހައްގުތައް އަލުން ނިގުޅައިގަތުން. އަނެއްކާވެސް 90 ގެ އަހަރުތަކުގެ ތެރެއަށް މިދިޔައީ" އީވާ ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355