twitterviber whatsapp telegramfacebookyoutube instagram
1st March 2026

ރައީސް ސޯލިހަކީ ފިނޑި ވެރިއެއް: އީވާ

May 29, 2023

ރައީސް އިބްރާހީމް މުހައްމަދު ސޯލިހަކީ ފިނޑި ވެރިއެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އީވާ އަބުދުﷲ ވިދާޅުވެއްޖެއެވެ.

އީވާ މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އުފައްދަވާ "ދަ ޑިމޮކްރެޓްސް" ޕާޓީއަށް ސަރުކާރުގެ މަގާމުތަކުގައި ތިއްބަވާ ބައެއް ބޭފުޅުން ސޮއި ކުރުމާއި ގުޅިގެން އެ ބޭފުޅުން މަގާމުން ވަކި ކުރުމާއި ގުޅިގެންނެވެ.

މި ބޭފުޅުން މަގާމުތަކުން ވަކިކުރުން ކުށްވެރިކޮށް "ދަ ޑިމޮކްރެޓްސް" އިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ސަރުކާރުގެ މަގާމުތަކުން ވަކިކޮށްފައިވަނީ މިސަރުކާރު ވެރިކަމަށް ގެނައުމަށާއި، ކުރީ ސަރުކާރުގެ އަނިޔާވެރިކަމާ ދެކޮޅަށް އަދަދު ނުކުރެވޭހައި ބުރަ މަސައްކަތް ކޮށްފައިވާ ޒުވާން ސިޔާސީ ލީޑަރުންތަކެއް ކަމަށެވެ. ދަ ޑިމޮކްރެޓްސްއަށް ސޮއިކުރި ބޭފުޅުންތަކެއް ސަރުކާރުގެ ސިޔާސީ މަގާމުތަކުން ވަކިކުރީ ދަ ޑިމޮކްރެޓްސްގެ ތާއީދާއި، މެންބަރުން އިތުރުވާ މިންވަރު ފެނި، އިންޒާރު ދިނުމަށާއި، ބިރުދެއްކުމަށާއި އެ ޕާޓީއަށް ތާއީދުކުރުން ހުއްޓުވުމުގެ ނިޔަތުގައި ކަމަށްވެސް ބުނެފައިވެ އެވެ.

"ރައީސް ސޯލިހަކީ ފިނޑި ވެރިއެއް. ޔަގީނުން ވެސް މިއިން އެކަކުގެ ވެސް ހިތްވަރެއް ނޭލޭނެ. ވާނީ އިތުރަށް ވަރުގަދަ" އީވާ ކުރެއްވި ޓުވިޓުގައި ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355