twitterviber whatsapp telegramfacebookyoutube instagram
19th April 2024

ކުމުންދޫ ސްކޫލްގެ އެންމެ މޮޅު ދަރިވަރަކަށް އިފްހާމު

އަބްދުލް ވާހިދު ޙަސަން
May 29, 2023

2021 - 2022 ވަނަ ދިރާސީ އަހަރު ކުމުންދޫ ސްކޫލުގެ އެންމެ މޮޅު ދަރިވަރަކަށް މުހައްމަދު އިފްހާމު އިބްރާހީމް ހޮވިއްޖެ އެވެ. އިފްހާމު ވަނީ ސާނަވީ މަރުހަލާ ނިންމާ އިމްތިހާނުތަކުން ގައުމީ ފެންވަރުގައި ޓޮޕް އެޗީވާރސް އެވޯޑު ހާސިލް ކޮށްފައެވެ. އަދި ޓޮޕް އެޗީވާރސް ސްކޫލް ލެވެލް އެވޯޑްވެސް އިފްހާމަށް ވަނީ ލިބިފައެވެ. މީގެ އިތުރުން ދިވެހި މާއްދާއިން ހަޔަރ ޑިސްޓިންކޝަންއާއި، އިސްލާމް، އިނގިރޭސި، އެކައުންޓިންގ، ކެމިސްޓްރީ އަދި ބަޔޮލޮޖީ އިން ޑިސްޓިންކްޝަންވަނީ ހާސިލްކޮށްފައެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި ކުމުންދޫ ސްކޫލްގެ 2021-2022 ވަނަ އަހަރުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލު ޕްރިންސިޕަލް ސައީދު އަހުމަދެވެ. މި ރަސްމިއްޔާތުގައި ހާއްސަ މެހެމާނެއްގެ ގޮތުގައި އަފީފުއްދީން ސްކޫލް ޕްރިންސިޕަލް ނާސިހާ އިދްރީސް ބައިވެރިވެލެއްވިއެވެ.

މި ރަސްމިއްޔާތުގައި ވޭތުވެދިޔަ ދިރާސީ އަހަރު އެކިއެކި ވަނަތައް ހާސިލްކުރި ދަރިވަރުންނަށް ޓްރޮފީ އާއި އިނާމު ހަވާލުކޮށްދެއްވީ ވިލާ ޝަރަފްވެރި މެހެމާނާއި ހާއްސަ މެހެމާނުގެ އިތުރުން ކުމުންދޫ ކައުންސިލް ނައިބު ރައީސް އަލީ އަންވަރު، ކުމުންދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޒު އިބްރާހީމް އަބްދުލްވާހިދު، ކުމުންދޫ ކައުންސިލް މެންބަރު އަލީ ގާސިމް އަދި ކުމުންދޫ ސްކޫލް އިސްލާމް މުދައްރިސް އައްޝައިހް އަބްދުލް ހަމީދު ޔޫސުފެވެ.

އިތުރު ވަނަތައް ހޯދި ދަރިވަރުން

ސަބްޖެކްޓް ޕްރައިޒް (ޤުރްއާން، އިސްލާމް، އިނގިރޭސި، ހިސާބު، ބަޔޮލޮޖީ، ކޮމްޕިޔުޓަރ ސައެންސް) ހާސިލްކޮށްފައިވަނީ ގްރޭޑް 9 ގެ ދަރިވަރު ފާޠިމަތު ލައިޝާ ނާޡިމް އާއި، ސަބްޖެކްޓް ޕްރައިޒް (ޤުރްއާން) ހާސިލްކޮށްފައިވަނީ ގްރޭޑް 9 ގެ ދަރިވަރު އާއިޝަތު ރާޔާ މުހައްމަދު އާއި، ސަބްޖެކްޓް ޕްރައިޒް (ޤުރްއާން) ހާސިލްކޮށްފައިވަނީ ގްރޭޑް 10 ގެ ދަރިވަރު މުޙައްމަދު އިފްހާމް އިބްރާހީމް އަދި ސަބްޖެކްޓް ޕްރައިޒް (އިސްލާމް، ދިވެހި، އިނގިރޭސި) ހާސިލްކޮށްފައިވަނީ ގްރޭޑް 10 ގެ ދަރިވަރު ނަދާ އިސްހާގެވެ.

ޖެނެރަލް ޕްރޮފިޝެންސީ ޕްރައިޒް ހާސިލްކުރި ދަރިވަރުންގެ ތެރޭގައި ގްރޭޑް 9 ގެ ދަރިވަރު ޢާއިޝަތު ރާޔާ މުހައްމަދު އާއި ގްރޭޑް 10 ގެ ދަރިވަރު މުހައްމަދު އިފްހާމް އިބްރާހީމް ހިމެނެއެވެ.

ކްލާސް ޕްރައިޒް ހާސިލްކުރި ދަރިވަރުންގެ ތެރޭގައި މުޙައްމަދު އިފްހާމް އިބްރާހީމް ގްރޭޑް 10 އަދި ފާތިމަތު ލައިޝާ ނާޒިމް ގްރޭޑް 9 ހިމެނެއެވެ.
ކްލާސް ޕްރޮގްރެސް ޕްރައިޒް ލިބުނު ދަރިވަރުން ތެރޭގައި ހިމެނެނީ ގްރޭޑް 9 ގެ ދަރިވަރު މުހައްމަދު ޒައިން އިބްރާހީމެވެ.

އޮނަލިސްޓެޑް އެވޯޑް ހާސިލްކޮށްފައިވަނީ ގްރޭޑް 9 ގެ ދަރިވަރު ފާތިމަތު ލައިޝާ ނާޒިމެވެ.

ސާނަވީ މަރުހަލާ ނިންމާ އިމްތިހާނުން ސްކޫލް ފެންވަރުގައި އެންމެ މޮޅު ދަރިވަރުންގެ ތެރޭގައި މުހައްމަދު އިފްހާމް އިބްރާހީމް ގްރޭޑް 10، ނަދާ އިސްހާޤް ގްރޭޑް 10، ފާތިމަތު ހައިފާ ޔޫނުސް ގްރޭޑް 10، އާމިނަތު ސުމާ ޢަލީ ގްރޭޑް 10، މައިހާ މުހައްމަދު ގްރޭޑް 10 ހިމެނެއެވެ.

ގްރޭޑް 7 ން އެންމެ ރަނގަޅު ނަތީޖާ ހާސިލް ކޮށްފާވާ 5 ދަރިވަރުންގެ ތެރޭގައި ހުނޭފާ އަބްދުﷲ، ފާތިމަތު އީނާޝް މުޝައްޔިރު، މަރްޔަމް މިޝްޤާ އަހުމަދު، މިރާޝާ، ފުރުޝާން ހުސައިން ހިމެނެއެވެ.

ގްރޭޑް 8 ން އެންމެ ރަނގަޅު ނަތީޖާ ހާސިލް ކޮށްފައިވާ 5 ދަރިވަރުންގެ ގޮތުގައި އަޝްފާ އަސްލަމް، އާމިނަތު ލަމްސާ، ޢަބްދުﷲ އަޛީން އަހުމަދު، ފާތިމަތު ނަޠީމާ ނާޡިމް، ހުސާން މުހައްމަދު ހިމެނިފައިވެއެވެ.

ގްރޭޑް 9 ން އެންމެ ރަނގަޅު ނަތީޖާ ހާސިލް ކޮށްފައިވާ 5 ދަރިވަރުންގެ ތެރޭގައި ފާތިމަތު ލައިޝާ ނާޒިމް، އާއިޝަތު ރާޔާ މުހައްމަދު، މުހައްމަދު ޒައިން އިބްރާހީމް، އާލިމް އާދަމް، ހައްވާ އުމައިޝާ އިބްރާހީމް ހިމެނިފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355