twitterviber whatsapp telegramfacebookyoutube instagram
14th October 2026

15 މީހުންނާއެކު ދަތުރު ކުރަމުންދިޔަ ބޯޓެއް ދިޔަވާތީ އެމްއެންޑީއެފްއިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި

ނަބީލާ އިސްމާޢީލް
Jun 1, 2023

މާލެއިން ފުރައިގެން 15 މީހުނާއެކު ރ އަތޮޅަށް ދަތުރުކުރަމުންދިޔަ "އާލާ" ނަމަކަށް ކިޔާ ބޯޓެއް ދިޔަވަމުން ދާތީ އެމްއެންޑީއެފް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

މޫސުން ގޯސްވުމާއެކު ކަނޑުތައް ގަދަވެ، މި ބޯޓަށް ދިޔަވަމުންދާ ކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވަނީ މިއަދު ފަތިހު 05:22 ހާއިރުއެވެ.

މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު، ބ އޭދަފުށީގެ ދެކުނުން 2.5 ނޯޓިކަލް މޭލު ބެރުގައި އޮތް މި ބޯޓަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އޭދަފުށީގައި އޮންނަ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑްގެ ސީ އެމްބިއުލާންސް ވަނީ އެ ސަރަހައްދަށް ދަތުރުކޮށްފައެވެ. ހަމައެއާއެކު، ޅ މާފިލާފުށިން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ހާބަރ ކްރާފްޓް ވެސް އަންނަނީ އެ ސަރަހައްދަށް ދިއުމަށް ދަތުރުކުރަމުންނެވެ.

ބޯޓުގައި ތިބި މީހުން އެމްއެންޑީއެފްގެ އެހީގައި ވަނީ އޭދަފުއްޓަށް ގެންގޮސްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293