ދަ ކޮކޫން ކަލެކްޝަންގެ ޖޯއި އައިލެންޑް ރިސޯޓުން މުވައްޒަފުން ހޯދުމަށް ބާއްވާ އިންޓަވިއު ވަރަށް ހާއްސަ ލަކީ ޑްރޯއަކާ އެކު މާދަމާ ކުޅުދުއްފުށީގައި ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.
މި އިންޓަވިއު އޮންނާނީ މާދަމާ ހެނދު 10:00 ން ހަވީރު 16:00 އަށް އަދި ރޭގަނޑު 8:00 ން 22:00 އަށް ހދ އަތޮޅު ތައުލީ މަރުކަޒު (އޭއީސީ) ހޯލުގަ އެވެ.
މި އިވެންޓްގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތަކުން ހޮވޭފަރާތްތަކުގެ ތެރެއިން 1 ވަނަ ފަރާތައް ސްމާރޓް ފޯނެއް، 2 ވަނަ އަށް ހޮވޭ ފަރާތަކަށް ހާއްސަ ގިފްޓް ހެންބަރއެއް އަދި މީގެ އިތުރުން 3 ވަނަ އަށް ހޮވޭ ފަރާތަކަށް ކޮކޫން ކަލެކްޝަންގެ ހާއްސަ ގިފްޓް ކަލެކްޝަން އެއް ހިމެނެ އެވެ.
ދަ ކޮކޫން ކަލެކްޝަންގެ ޖޯއި އައިލެންޑް ރިސޯޓަކީ ދިވެހިރާއްޖެއާއި ސްރީލަންކާ އަދި ޒަންޒިބާރު ކަހަލަ ގައުމުތަކުގައި ހިންގާ ލަގްޒަރީ ރިސޯޓު ބްރޭންޑެކެވެ.
އެހެން ތަންތަނާއި ކޮކޫން ކަލެކްޝަންއާއި ހުރި ތަފާތަކީ ކޮކޫންގެ އާދަޔާހިލާފަށް ރަނގަޅު ކަންކަމާއި އެތަނުގެ ފުރިހަމަކަމެވެ. ފުރިހަމަ ހޮސްޕިޓާލިޓީއާއި ޑިޒައިނާއި ގޯމެޓް ކަޒީން އެވެ. ދަތުރު ކުރުމަށް މުޅިން އެހެން ތަޖުރިބާ އެކެވެ.
ކޮކޫންއިން ވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހު އަލަށް ޖޯއީ އައިލެންޑް ރިސޯޓު ހުޅުވާނެކަން އަންގާފަ އެވެ. ޖޯއީ އައިލެންޑާއެކު ކޮކޫންއިން ހުޅުވާލަދެނީ މުޅިން އާ ތަޖުރިބާއެއް ހޯދާލުމުގެ ފުރުސަތެވެ.
ވެލާނާ އެއާޕޯޓުން 40 މިނެޓުގެ ސްޕީޑް ބޯޓު ދަތުރަކުން ދެވޭ ޖޯއީ އައިލެންޑުން ވައުދުވަނީ ދިރިއުޅުމުގެ ސްޓްރެސްއިން އެއްކިބާވެ އުފާވެރި ވަގުތުތަކެކެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވޯލްކްއިން އިންޓަވިއުތައް ކުރިއަށްދާނެ އެވެ.
ޖޯއީ އައިލެންޑް ހުޅުވުމުގެ ރަސްމިއްޔާތުގެ ތައްޔާރީތަކުގެ ތެރެއިން ޖޯއީ އައިލެންޑުން ވަނީ އެކި ޑިޕާޓްމެންޓްތަކުން އެކި މަގާމުތަކަށް ހުޅުވާލާފަ އެވެ. ފުޑް އެންޑް ބެވަރޭޖްއާއި ހައުސްކީޕިންއާއި ފްރަންޓް އޮފީހާއި ކަލިނަރީ އާޓްސް އަދި ޓެލެންޓް އެންޑް ކަލްޗާއާއި ފައިނޭންސާއި ސްޕާގެ އިތުރުން އިންޖިނިއަރިން އެވެ.