twitterviber whatsapp telegramfacebookyoutube instagram
30th April 2024

ކޮރަލްސް އީދު ކުޅިވަރު: ވާދެމުމާއި ފައިގަތަޅާ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

ނަބީލާ އިސްމާޢީލް
Jun 7, 2023

މިއަހަރުވެސް އަޟްހާ އީދުގައި ކުޅުދުއްފުށި ސިޓީގައި ކުލަބް ކޮރަލްސްއިން ވާދެމުމާއި ފައިގަ ތަޅާ މުބާރާތް ބާއްވަން ނިންމާ ބައިވެރިވުމަށް ހުޅުވާލައިފި އެވެ.

"ކޮރަލްސް ފައިގަތަޅާ" އަދި ކޮރަލްސް ވާދެމު" ނަމުގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ މިމުބާރާތް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ 1 ވަނަ ދުވަހު އެވެ.

ކޭއޯއަށް މައުލޫމާތު ދެއްވަމުން ކުލަބް ކޮރަލްގެ ޖެނެރަލް ސެކެޓްރީ އަދި މި އިވެންޓްގެ ކޯޑިނޭޓަރ އަހުމަދު ހަސަން ބުނީ މުބާރާތުގައި ބައިވެރިވުމަށް އިއްޔެ ހުޅުވާލާފައިވާއިރު މުބާރާތުގައި ބައިވެރިވެވޭނީ އޮންލައިންކޮށް ފޯމެއް ފުރައިގެން ކަމަށެވެ. މި 2 މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ އަންނަ އާދީއްތަ (11 ޖޫން) ވަނަ ދުވަހުގެ ރޭގަނޑު 12:00 ޖެހުމުގެ ކުރިން ކަމަށެވެ.

ފައިގަ ތަޅާ މުބާރާތުގައި 2 އޮފިސަލުންނާއި 10 ކުޅުންތެރިން ހިމެނޭހެން 12 ކުޅުންތެރިންގެ ޓީމެއް ހަދައިގެން ބައިވެރިވެވޭ މި މުބާރާތަކީ އަންހެން އަދި ފިރިހެން ދެ ޖިންސަށް ހުޅުވާލައިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ.

މީގެ އިތުރުން ކޮރަލްސް ވާދެމުން މުބާރާތަކީވެސް 2 އޮފިސަލުންނާއި 13 ކުޅުންތެރިން ހިމެނޭހެން 15 ކުޅުންތެރިންގެ ޓީމެއް ހަދައިގެން ބައިވެރިވެވޭ މުބާރާތެކެވެ. މި މުބާރާތަކީވެސް އަންހެން އަދި ފިރިހެން ދެ ޖިންސަށް ހުޅުވާލައިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ.

މި ދެ މުބާރާތަކީވެސް މުޅި ރަށަށް ހުޅުވާލައިގެން ކޮންމެ އުމުރެއްގެ މީހަކަށްވެސް ބައިވެރިވެވޭގޮތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ. މިމުބާރާތައް ކުރިއަށްދާނީ ކުޅުދުއްފުށީ ހިއްކި ބިން ސަރަހައްދުގަ އެވެ.

މި ދެ މުބާރާތުގައިވެސް ބައިވެރިވާ ޓީމްތަކަށް ބަލާފައި އެހެން ކުޅިވަރުތަކަށް ބުރޫ ނާރާނެހެން އީދުގެ އެކި ދުވަސްތަކަށް ބަހާލައިގެން މުބާރާތް ކުރިއަށް ގެންދާނެ ކަމަށާއި މުބާރާތުގެ ހާއްސަ ވަނަތައް ހޮވާނެ ކަމަށް އަހުމަދު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355