twitterviber whatsapp telegramfacebookyoutube instagram
30th April 2024

އިތުބާރުނެތް ރައީސްއަކާއި ނައިބު ރައީސްއެއް މަޖިލިސް ހައިޖެކްޓްކޮށްފި: ރޮޒައިނާ

ނަބީލާ އިސްމާޢީލް
Jun 13, 2023

އިތުބާރު ނެތް ރައީސްއަކާއި ނައިބު ރައީސްއެއް ރައްޔިތުންގެ މަޖިލިސް ހައިޖެކްޓް ކޮށްފިކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މި ފަހުން ކުރިއަށް ނުދާއިރު މިއަދުވެސް މަޖިލިސް ކުރިއަކަށް ނުދާ ވާހަކައަށް ނިސްބަތްކުރައްވާ މެމްބަރު ރޮޒައިނާ ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ އިތުބާރު ނެތް ރައީސް އަކާއި ނާއިބު ރައީސްއެއް މަގާމުގައި ބަގުޑި ބައްދައިގެން މަޖިލިސް ހައިޖެކްކޮށްފައިވާ ކަމަށެވެ.

މިއަދުގެ މަޖިލިސްވެސް ކުރިއަށް ނުގެންދެވި ނިންމާލަން ޖެހުނީ މަޖިލީހަށް ހުށަހަޅާފައިވާ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރުނެތް ކަމުގެ ގަރާރު މިއަދުގެ މަޖިލިސް ޖަލްސާއަށް އެޖެންޑާ ކުރުމަށް ފަހު ރިޔާސަތު ބަލަހައްޓާނެ މީހަކު ނުވެގެން ނެވެ.

ރޮޒައިނާގެ ޓްވިޓްގައި އިތުރަށްވަނީ އެ ދެ ބޭފުޅުން މަގާމުން އިސްތިއުފާ ނުދެއްވާ އިރު ރިޔާސަތަށް އަރަން އުޒުރުވެރިވާތީ ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

"މުސާރަ ނަގާކަަށް، އިނާޔަތްތައް ބޭނުން ކުރާކަމަށް އުޒުރުވެރިއެއް ނުވޭ" އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސް އާއި ނާއިބު ރައީސް ވަކިކުރަން ހުށަހަޅާފައިވާ އިރު އެ ދެ ބޭފުޅުންނަށް ވެސް ދިފާއުގައި ވާހަކަ ދެއްކުމަށް ދޭން ޖެހޭ ވަގުތު އާާންމު ކޮމިޓީން ފާސްކުރަން ޖެހެއެވެ. ނަމަވެސް ރައީސް ނަޝީދަށް ތާއިދުކުރައްވާ އެމްޑީޕީގެ މެމްބަރުން އެ ޕާޓީން ވަކިވެ "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި އުފައްދަން އުޅޭ އާ ޕާޓީއާ ގުޅިފައިވާތީ ކޮމިޓީތައް އަލުން އެކުލަވާލަން ޖެހި އެކަން ވަނީ ކުރިއަށް ނުގޮސްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355