twitterviber whatsapp telegramfacebookyoutube instagram
9th May 2024

ނުކުޅެދުންތެރިކަން ހުންނަ މީހުން ގިންތިކޮށް އެލަވަންސް ބޮޑުކޮށްފި

ނަބީލާ އިސްމާޢީލް
Jun 15, 2023

ނުކުޅުދެންތުރިކަން ހުންނަ މީހުން ގިންތިކޮށް، މިހާރުދޭ 2000 ރުފިޔާގެ އެލަވަންސް 3,000 ރުފިޔާއަށް ބޮޑުކޮށްfިއެވެ. މީގެ އިތުރުން ގިނަ އެލަވަންސްތަކެއް ތައާރަފު ކުރަން ސަރުކާރުން ވަނީ ނިންމާފައެވެ.

ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖެންޑާ މިނިސްޓްރީން ބުނީ އަދަދު އިތުރު ކުރުމަށްޓަކައި ގިންތިތަކެއް ހަދައި، 6،000 ރުފިޔާއާ ހަމައަށް އެ އެލަވަންސް ބޮޑު ކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވާފައިވާ ކަމަށެވެ.

އަލަށް ނިންމި އެންމެ މުހިއްމު އެއް ނިންމުމަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެލަވަންސް އެންމެ މަދުން ލިބޭ މީހަކަށް ވެސް ޖޫން މަހުން ފެށިގެން 3000 ރުފިޔާ ލިބޭނެ ގޮތް ހަމަޖެއްސުމެވެ. އޭގެ އިތުރުން އަމިއްލައަށް ނޫޅެވޭ މީހުންނަށް 2000 ރުުފިޔާގެ އެލަވަންސެއް ދެން ލިބޭނެއެވެ.

އަދި އަސާސީ ބޭނުންތަކަށް ސެލްފް ކެއާ އެލަވަންސެއް ތައާރަފްކޮށް އިތުރު 1000 ރުފިޔާ ލިބޭނެއެވެ. އެއް ގޭބިސީއެއްގައި ނުކުޅެދުންތެރިކަން ހުންނަ ތިން މީހުންނަށްވުރެ ގިނައިން ތިބި ނަމަ މީހުން ތިބި ނިސްބަތުން 1000 ރުފިޔާގެ އެލަވަންސެއް ވެސް ލިބޭނެއެވެ.

އެންސްޕާގެ ސީއީއޯ އިސްމާއީލް އައްޒާމް ވަޖީހު ވިދާޅުވީ ކުރިއަށް އޮތްތަނުގައި އެންމެ ބޮޑުކޮށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް 6000 ރުފިޔާ ދެން ލިބޭނެ ކަމަށެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް 2011 ވަނަ އަހަރުން ފެށިގެން އެލަވަންސެއް ދޭން ފަށާފައިވާއިރު މިހާތަނަށް މިއެލަވަންސްގެ ގޮތުގައި ދައުލަތުން ދެމުން އައިސްފައިވަނީ 2000 ރުފިޔާއެވެ.

ނުކުޅެދޭ މީހުންގެ އިނާޔަތް ބޮޑުކޮށްދެއްވަން ރައީސް ސޯލިހު ނިންމެވިކަން އިއުލާން ކުރެއްވީ 2022 ގެ ރިޔާސީ ބަޔާނުގަ އެވެ. އޭގެ އަހަރެއް ފަހުން މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ވަނީ މި މަހު އިނާޔަތް ބޮޑުކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެލަވަންސަށް ގެނެވޭ ބަދަލުތައް ދައުލަތުގެ ބަޖެޓުގެ ތެރެއިން ހަމަޖެހިގެންދާނެ ކަމަށް ވިދާޅުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355