twitterviber whatsapp telegramfacebookyoutube instagram
28th June 2026

ކުޅުދުއްފުށިން ގެއްލުނު މީހާ ފެނިއްޖެ

އަބްދުލް ވާހިދު ޙަސަން
Jun 19, 2023
2

ކުޅުދުއްފުށިން މިރޭ ގެއްލުނު މީހާ ފެނިއްޖެ އެވެ. ވީނުވީއެއް ނޭނގި ގެއްލިގެން ހޯދީ ކުޅުދުއްފުށީ / ބޮޑުޝީޓްގެ، އަހުމަދު ރަމީޒް (25އ) އެވެ.

އޭނާ އާއި އޭނާގެ ބައްޕަ މިވަގުތު ތިބީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގަ އެވެ. އަހުމަދު ރަމީޒް ފެނިފައިވަނީ ސިޓީ ކައުންސިލުން އޭނާ ހޯދުމަށް މިރޭ ފޮޓޯ އާންމުކޮށް އަޑުގަދަކުރާއިން ގޮވި ފަހުންނެވެ.

އެކަމަކު އޭނާއާ ބެހޭ މައުލޫމާތު ފުލުހުން އަދި ދީފައެއް ނުވެ އެވެ.

އަހުމަދު ރަމީޒުގެ، އާއިލާގެ މީހަކާ ހަވާލީދީ ކުޅުދުއްފުށީ މޭޔަރު އަހުމަދު އާތިފް ކޭއޯއަށް ވިދާޅުވީ، އޭނާ އެންމެ ފަހުން ފެނިފައިވަނީ ރޭގެ ދަންވަރު 12:30 ހާއިރު އޭނާގެ ދިރިއުޅޭ ގެއިން ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355