twitterviber whatsapp telegramfacebookyoutube instagram
5th October 2026

ކުޅުދުއްފުށީ ޒުވާނަކު ގެއްލިގެން ހޯދަނީ

ނަބީލާ އިސްމާޢީލް
Aug 11, 2024

ކުޅުދުއްފުށީ ޒުވާނަކު ވީނުވީއެއް ނޭނގި ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނީ ގެއްލިގެން ހޯދަނީ ހދ. ކުޅުދުއްފުއްޓަށް ނިސްބަތްވާ އުމުރުން 23 އަހަރުގެ އަހުމަދު އަނިލް މުހައްމަދު ކަމަށެވެ.

އާއިލާއަށް ހަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ.

ފުލުހުން ބުނީ، އަހުމަދު އަނިލް މިހާރު ދިރިއުޅެމުންދަނީ މާލޭގައި ކަމަށް އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި އޭނާގެ ހަބަރެއް އާއިލާ އެންމެ ފަހުން ވެފައިވަނީ މި އޮގަސްޓު މަހުގެ 8 ވަނަ ދުވަހުގެ ހެނދުނު، ފޯނުން ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވާ ކަމަށެވެ.

އެހެންކަމުން އަހުމަދު އަނިލް ހޯދުމަށް ފުލުހުން ކުރަމުންދާ މަސައްކަތަށް އާންމުންގެ އެހީތެރިކަމަށް ފުލުހުން ވަނީ އެދިފައެވެ.

ފުލުހުން ބުނީ އަހުމަދު އަނިލް އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުގެ ނަންބަރު 9791382 އަށް ގުޅުއްވައި ހިއްސާކުރުމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293