twitterviber whatsapp telegramfacebookyoutube instagram
8th May 2024

ސިފައިންނަށް އިތުރު ފްލެޓް އަޅައިދީ މުސާރަ ބޮޑުކުރަނީ

ނަބީލާ އިސްމާޢީލް
Jun 21, 2023
1

ސިފައިންގެ މުސާރަ ބޮޑުކޮށް، ހުޅުމާލޭގައި އިތުރު ފްލެޓުތަކެއް އަޅަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ރޭ އިއުލާން ކުރައްވައިފިއެވެ.

ސިފައިންގެ 131 ވަނަ އަހަރީ ޖަލްސާގައި ރައީސް ސޯލިހް ވިދާޅުވީ ސިފައިންގެ ވެލްފެއާ ކަންކަން އިތުރަށް ހަރުދަނާ ކުރަން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިވަގުތު އެންމެ އިސްކަމެއް ދެނީ ބޯހިޔާވަހިކަމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ރައީސް ވިދާޅުވީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާ ހައުސިން ޔުނިޓްތަކުގެ އިމާރާތުގެ މަސައްކަތް މި އަހަރު ފެށޭނެ ކަމަށެވެ. އަދި ކަޅުތުއްކަލާ ކޮށީގައި ވެސް ސިފައިންގެ އެކޮމޮޑޭޝަންގެ ގޮތުގައި 480 މީހުންގެ ޖާގައިގެ އިމާރާތަކާއި 100 މީހުންގެ ޖާގައިގެ އިމާރާތެއް އެޅުމަށް މި އަހަރު ބިޑްކުރާނެ ކަމަށެވެ.

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ ސިފައިންނާއި ފުލުހުންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް ވަރަށް އަވަހަށް އަންނާނެ ކަމަށާއި އެ ބަދަލުތައް ގެނައުމަށް ޕޭ ކޮމިޝަނުން މިހާރު ދިރާސާތައް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ހުޅުމާލޭގައި ހަދާ ސިފްކޯ ހިޔާ އިމާރާތްތަކުގެ މަސައްކަތް ހުއްޓިފައި ހުންނަތާ ގިނަ ދުވަސްތަކަކަށް ފަހު، އެ އިމާރާތްތައް ނިންމުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.

"ސިފައިންގެ ވެލްފެއާ ކަންތައްތައް ހަރުދަނާ ކުރުމަށް ވަރަށް ގިނަ ކަންތައްތަކެއް އެބަ ކުރެވޭ. މިވަގުތުވެސް އެންމެ ބޮޑު އިސްކަމެއް މިދެވެނީ ސިފައިންގެ ބޯހިޔާވަހިކަމަށް. ސިފްކޯއިން ހުޅުމާލޭގައި އިމާރާތްކުރަން ފެށި ފްލެޓުތައް ވެސް ނުނިމި ހުއްޓިފައި ހުންނަތާ މި ވަނީ ދިގުލައިގެން ގޮސްފަ. އެ އިމާރާތުގެ މަސައްކަތްވެސް މިހާރު މި އަންނަނީ ކުރަމުން." ރައީސް ވިދާޅުވިއެވެ.

ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވީ ސިފްކޯ ހިޔާގެ ނަމުގައި ހުޅުމާލޭގައި މިހާރު އިމާރާތް ކުރަމުންދާ ފްލެޓްތަކުގައި އަންނަ މަހުގެ ތެރޭގައި ދިރިއުޅެން ފެށޭވަރު ވާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355