twitterviber whatsapp telegramfacebookyoutube instagram
28th April 2024

ކަނޑުތައް ގަދަވުމުން މޫސުމަށް ސަމާލުވާން އިލްތިމާސްކޮށްފި

Jul 4, 2023

ކަނޑު ގަދަވުމުން ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އަނެއްކާވެސް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން އިލްތިމާސްކޮށްފި އެވެ.

މޫސުމާ ބެހޭ އިދާރާއިން ބުނީ، ކުރިއަށް އޮތް ދެ ދުވަހު ވެސް މުޅި ރާއްޖެއަށް ވިއްސާރަ ކުރާނޭ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މޫސުން ރަނގަޅުވާން ފަށާނީ ބުދަ ދުވަހު ކަމަށް ބެލެވޭ ނަމަވެސް، އޭގެ ފަހުން ވެސް ކޮންމެވެސް ވަރަކަށް ކެރީގެ އަސަރު ފޯރާނެކަމަށް ލަފާ ކުރެވޭކަމަށެވެ.

ކުރިއަށް އޮތް ދެ ދުވަހު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް އާދައިގެ ވަރަކަށް ވައި ގަދަވާނެކަމަށެވެ. އެހެން ކަމުން ކަނޑުތައް ގަދަވެ، ވިލާގަނޑުގައި އިތުރަށް ކަނޑު ގަދަވާނެކަމަށް ލަފާކުރެވޭކަމަށްވެސް އެ އިދާރާއިން މައުލޫމާތުދެ އެވެ.

ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށް ލަފާކޮށް ހއ އަތޮޅުން ފެށިގެން ލ އަތޮޅާ ހަމައަށް ވިއްސާރަވާނެކަމަށް ލަފާކޮށް މިއަދު ހަވީރު ހަތަރެއް ޖެހުމާ ހަމައަށް މެޓުން ވަނީ ވައިޓް އެލާޓް ނެރެފަ އެވެ.

ވޭތުވެ ދިޔަ 24 ގަޑިއިރަށް ބަލާއިރު، އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ، ލ. ކައްދޫ އަށެވެ. އެއީ 77.7 މިލިމީޓަރުގެ ވާރޭއެވެ. މީގެ އިތުރުން، ބ. ތުޅާދޫއާއި ކުޅުދުއްފުށި އަދި ހދ. ހަނިމާދޫއަށް ވެސް ގިނަ އަދަދަކަށް ވާރޭ ވެހިފައިވެއެވެ.

މެޓް އޮފީހުން ނެރޭ އެލާޓްތަކަށް ސަމާލުވުމަށް މެޓް އޮފީހާއި ސިފައިން ވެސް އިލްތިމާސް ކުރެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355