twitterviber whatsapp telegramfacebookyoutube instagram
3rd May 2024

އުސޫލެއްގެ ދަށުން މިޔަރުގެ މަސްވެރިކަމަށް ހުއްދަދޭނަން: ނާޒިމް

އަބްދުލް ވާހިދު ޙަސަން
Jul 8, 2023
1

ވަކި އުސޫލެއްގެ ދަށުން ލޭނު އަޅައިގެން މިޔަރުގެ މަސްވެރިކަންކުރުމުގެ ހުއްދަ، އެމްއެންޕީގެ ވެރިކަމެއްގައި ދޭނެކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ބޮޑުތިލަދުންމައްޗަށް މިހާރު ނާޒިމް ކުރައްވަމުން ގެންދަވާ ދަތުރުގައި ރޭ ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ، ލޭނު އަޅައިގެން މިޔަރު ބޭނުމުގެ ހުއްދަ ދޭނީ ބޭރުގެ އެހެން ބައެއް ގައުމުތަކުގައިވެސް އެކަން ކުރާ ގޮތަށް ކަމަށެވެ.

އެގޮތުން މިސާލު ދައްކަވަމުން ނާޒިމު ވިދާޅުވީ، އޮސްޓްރޭލިއާގައި މިޔަރު ބޭނުމުގެ ހުއްދަ ދެނީ ވަކި މޫސުމެއްގައި ކަނޑައަޅައި ވަކި ސަރަހައްދުތަކަކުން ކަމަށެވެ. އެހެންކަމުން އެކަމުން ނަފާ ހޯދޭނެގޮތަށް އެމްއެންޕީގެ ވެރިކަމެއްގައި އެކަން ހަމަޖައްސައިދޭނެ ކަމަށެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާގައި ލޭނު އަޅައިގެން މިޔަރުގެ މަސްވެރިކަން ކުރީ ކުޅުދުއްފުށީގައި އެވެ. އޭރު އެކަމުން މަހެއްގެ މައްޗަށް ހަތަރު މިލިއަން ރުފިޔާ ހޯދަ އެވެ. މިޔަރުގެ މަސްވެރިކަން މަނާކުރީ ރައީސް ނަޝީދުގެ ވެރިކަމުގަ އެވެ.

ފަހަކަށް އައިސް މިޔަރު ގިނަވެ އެތަކެތި އިންސާނުންނަށް ހަމަލާދޭ ކަމުގެ ޝަކުވާ އިތުރުވަމުން އަންނައިރު މަސްވެރިން ބާނާ މަސް ނެގުމުގެ ކުރިން މިޔަރު ކާލާކަމުގެ ޝަކުވާވެސް ގިނަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355