twitterviber whatsapp telegramfacebookyoutube instagram
20th May 2024

ދެވަނަ ދައުރަަށް ހޮވިއްޖެ ނަމަ މަރޮށީ ބިން ހިއްކާ ހައުސިންގ ޔުނިޓް އަޅާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

ނަބީލާ އިސްމާޢީލް
Jul 9, 2023
1

ދެ ވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންފިނަމަވެސް، ށ މަރޮށިގެ ބިން ހިއްކައި، ގޯތި ދޫކޮށް، ހައުސިން ޔުނިޓު ދޫކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފި އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ ރިޔާސީ ކެމްޕެއިނު ށ އަތޮޅުން ފައްޓަވައި މިއަދު މި ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މަރޮށީގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ސޯލިހް ވިދާޅުވީ މަރޮއްޓަކީ ކުޑަ އާބާދީއެއް ދިރިއުޅޭ ރަށަކަށްވާ އިރު، އެ ރަށް މީގެކުރިން އޮތީ ބާކީ ކުރެވި، އެކަހެރި ކުރެވިފައި ކަމަށެވެ. ގިނަ މަސައްކަތްތައް ކުރެވިފައި ހުރީ ރަށުގެ ކޮންމެވެސް ދަރިއެއްގެ އެހީއާ އެކު ކަމަށް ރައީސް ވިދާޅުވިއެވެ.

މި ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި ސަރުކާރަށް ގެނައި ބަދަލާ އެކު، މި ރަށް ވެސް ވަނީ ރާއްޖޭގެ ޗާޓަށް އަނބުރާ ވަދެފަ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު ފެނާއި ނަރުދަމާ ގާއިމް ކުރަން އެންމެ ފުރަތަމަ ހަވާލުކުރި ރަށްތަކުގެ ތެރެގައި މި ރަށް ހިމެނު ކަމަށެވެ. އެ މަސައްކަތް ނިންމުމުގައި ލަސްތަކެއް ހުރިނަމަވެސް އެކަން ހައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި މި ބަނދަރު ނިމިގެންދާ އިރު، އުތުރުގެ ރަށްތަކުގައި ހުރި ބަނދަރުތަކުގެ ތެރެއިން އެންމެ ފަސޭހަ ބަނދަރަށް މަރޮށި ބަނދަރު ވެގެންދާނެއެވެ.

ރައީސް ވިދާޅުވީ ދިވެހިންނަކީ އަބަދުވެސް ތަރައްގީ ބޭނުންވާ ބައެއް ކަމަށާއި އެމީހެއްގެ އަމިއްލަ ރަށުގައި ދިރިއުޅެވޭނެ ގޮތެއް އޮތުމަކީ އެމީހަކު ބޭނުންވާ ގޮތް ކަމަށެވެ. އެގޮތުން މަރޮށި ރައްޔިތުން ވެސް ބޭނުންވާ ކަންތައްތަކެއް ހުރި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މަރޮއްޓަށް ވެވަޑައިގެންނެވި ވައުދުތަކުގެ ތެރޭގައި ހިމެނެނީ
  • ރަށުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުން.
  • ރަށަށް ބޭނުންވާ 30-40 ހެކްޓަރުގެ ބިން ހިއްކައި ރިވެޓްމަންޓް ޖެހުން.
  • ހިއްކި ބިމުން ގޯތި ލިބޭނެ ގޮތް ހެދުން.
  • 50 ހައުސިން ޔުނިޓް އެޅުން.
  • މަރޮށީގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުން.
  • ސިއްހީ މަރުކަޒަށް ބޭނުންވާ ޑޮކްޓަރުން މި އަހަރު ހަމަޖެއްސުން.
  • އޭޓީއެމްގެ ހިދުމަތް މި އަހަރު ގާއިމު ކުރުން.

މަރޮޓަކީ ރައީސް ސޯލިހު ކެމްޕެއިނު ދަތުރުފުޅުގައި ށ އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ދެ ވަނަ މަންޒިލެވެ. މި ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ ށ ކޮމަންޑޫ އަށެވެ. މިއަދު ދެން ވަޑައިގަންނަވާނީ ނޫމަރާ އަށެވެ. ރައީސް މި ދަތުރުފުޅު ނިންމަވާލައްވާނީ މިރޭ ށ އަތޮޅު ފޯކައިދޫންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355