twitterviber whatsapp telegramfacebookyoutube instagram
8th November 2026

މަޝްރޫއުތައް ކުރިއަށްނުދާތީ ކުމުންދޫގައި މުޒާހަރާކޮށްފި

އަބްދުލް ވާހިދު ޙަސަން
Jul 15, 2023

އެމްޑީޕީގެ މެމްބަރުންތަކެއް އިސްވެ ހދ ކުމުންދޫގައި ސަރުކާރާ ދެކޮޅަށް މުޒާހަރާކޮށްފި އެވެ. ހުކުރުދުވަހު ހަވީރު އެރަށު ބަނދަރު ސަރަހައްދުގައި ކުރި މުޒާހަރާގައި ރަށުގެ ގިނަ ބަޔަކު ބައިވެރިވި އެވެ.

މުޒާހަރާކޮށްފައިވަނީ ސަރުކާރުން ފަށާފައިވާ ތަރައްގީގެ މަޝްރޫއުތައް ލަސްވުމުންނާއި އެރަށަށް ބަޖެޓްކޮށްފައިވާ މަޝްރޫއުތައް ކުރިއަށްނުދާތީ އެވެ. އަދި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބުދުﷲ އަށް ދެކޮޅަށް ޝުއޫރު ލިޔެފައިވާ ބޯޑުތައްވެސް މުޒާހަރާގެ ބައިވެރިން ގެންގުޅުނެވެ.

އެގޮތުން ފެނާއި ނަރުދަމާގެ މަސައްކަތް ލަސްވުމާއި އެރަށުގެ ބަނދަރުގެ މައްސަލައަށް ހައްލު ނުލިބި ދިގުލައިގެންދާ މައްސަލަ ފާހަގަކޮށްލެވެ އެވެ. ކުމުންދޫ ނެރު މައްޗަށް ގިނަ އުޅަނދުތަކެއް ބަނޑުން ޖަހާލައި ހިތާމަވެރި ގިނަ ހާދިސާތަކެއް މި ފަހުންވެސް ހިނގާފައިވެ އެވެ.

އެރަށުގެ އަޅަން ހަވާލުކުރި ޔޫތު ސެންޓަރާއި ސްކޫލުގެ ވަށާފާރުގެ މަސައްކަތް ނުފެށި ލަސްވުމާއި ހެލްތް ސެންޓަރު އާ އިމާރާތާއި ސްކޫލްގެ އާ ކުލާސް ރޫމް އިމާރާތް ފެށިފައިނުވާތީވެސް މުޒާހަރާގެ ބައިވެރިން ވަނީ އަޑުއުފުލާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293