twitterviber whatsapp telegramfacebookyoutube instagram
3rd May 2024

އިހަވަންދޫގެ އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް އިފްތިތާހުކޮށްދެއްވައިފި

ނަބީލާ އިސްމާޢީލް
Jul 19, 2023

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ހއ އިހަވަންދޫގެ އުމްރާނީ ތަރައްގީއަށް ސަރުކާރުން ކުރިޔަށްގެންދިޔަ ގިނަ މަޝްރޫއުތަކެއް އިފްތިތާހުކޮށްދެއްވައިފިއެވެ.

އެގޮތުން އެމަނިކުފާނު ވަނީ އިހަވަންދޫގެ ބަނދަރާއި، ފެނަކަ އޮފީހާއި، އިހަވަންދޫ ސްކޫލުގެ މަލްޓިޕާޕަސް ހޯލުގެ އިތުރުން އެރަށުގެ ކޮމިއުނިޓީ ސެންޓަރު ހުޅުއްވައިދެއްވާފައެވެ. ރައީސް މި މަޝްރޫއުތައް އިފްތިތާހްކޮށްދެއްވީ، މިއަދު އެމަނިކުފާނު ތިލަދުންމައްޗަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިންނެވެ.

ރައީސުލްޖުމްހޫރިއްޔާ އިހަވަންދޫ ބަނދަރު ހުޅުއްވައި ދެއްވީ، މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައެވެ. މިސަރުކާރުން، އިހަވަންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއު ކުރިޔަށް ގެންގޮސްފައި ވަނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ.

މިގޮތުން މިމަޝްރޫގެ ދަށުން، ބަނދަރު ފުޅާކޮށް، 251 މީޓަރުގެ ބޭރުތޮށިލައި 178 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖަހާފައިވެއެވެ. އަދި ބޭރުތޮއްޓަށް އެރުމަށްޓަކައި ބުރިޖެއް ހެދުމުގެ އިތުރުން، 121 އަކަމީޓަރުގެ ރޭމްޕެއް ބަނދަރުގައި ވަނީ ހަދާފައެވެ. މީގެ އިތުރުން މިމަޝްރޫޢުގެ ދަށުން ނެރު ބައްތި އާ ބަނދަރު ބައްތި ޖަހައި، ޕޭވްމެންޓް ވަނީ ހަދާފައެވެ.

މީގެ އިތުރުން މިރޭ ރައީސުލްޖުމްހޫރިއްޔާ ވަނީ، އިހަވަންދޫ ފެނަކަ އޮފީސް އިމާރާތާއި، އިހަވަންދޫ ސްކޫލުގައި އަލަށް އިމާރާތްކުރެވުނު މަލްޓިޕާޕަސް ހޯލާއި، ކޮމިއުނިޓީ ސެންޓަރު ހުޅުއްވައި ދެއްވާފައެވެ. އިހަވަންދޫގައި އިމާރާތްކުރެވުނު ފެނަކަ އޮފީސް އިމާރާތަކީ، އެއްފަހަރާ 50 މުވައްޒަފުންނަށް މަސައްކަތް ކުރެވޭ ޖާގަ ތަނަވަސް އޮފީސް އިމާރާތެކެވެ.

އެމަނިކުފާނު މިރޭ ހުޅުއްވައި ދެއްވި، އިހަވަންދޫ ސްކޫލުގެ މަލްޓިޕާޕަސް ހޯލުގެ މަސައްކަތް ނިންމާފައި ވަނީ، އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. އަދި އިހަވަންދޫ ކޮމިއުނިޓީ ސެންޓަރު އިމާރާތްކޮށްފައި ވަނީ، ޓޫއޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެންނެވެ. މިކޮމިއުނިޓީ ސެންޓަރަކީ، ކުޅިވަރު ކުޅުމުގެ އިތުރުން، ޖަމުއިއްޔާތަކަށް މަސައްކަތްކުރެވޭނެ ޖާގަ ތަނަވަސް ކުރެވިފައިވާ އެންމެ ޒަމާނީ ފެންވަރަށް ތަރައްޤީ ކުރެވިފައިވާ ސެންޓަރެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355