twitterviber whatsapp telegramfacebookyoutube instagram
3rd May 2024

މަސްވެރިންނަށް ގޮންޖެހުންތަކެއް އެބަހުރި، އެ ދަތިތައް ކުރިމަތިވީ ކުރީގެ ސަރުކާރުތަކުން އަޅާނުލުމުން

ނަބީލާ އިސްމާޢީލް
Jul 19, 2023

މަސްވެރިންނަށް ގޮންޖެހުންތަކެއް އެބަހުރިކަމަށާއި އެ ދަތިތައް ކުރިމަވެފައި އޮތީ ވޭތުވެދިޔަ ސަރުކާރުތަކުން އެ އިންޑަސްޓްރީއަށް އަޅާނުލާ އޮތުމުން ކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިފަދައިން ވިދާޅުވީ މިހާރު ކުރިއަށްދާ ރިޔާސީ އިންތިހާބުގެ ކެމްޕެއިންއަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ހއ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދުގެ 5 ވަނަ މަންޒިލެއްގެ ގޮތުން ހއ އިހަވަންދޫ އަށް ވަޑައިގެން އެރަށުގައި މިރޭ ކުރިއަށްދާ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އިހަވަންދޫގައި ކުރިއަށްގެންދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ހުރިހާ މަސްވެރިންނަށް ގޮންޖެހުންތަކެއް އެބަ ހުރި ކަމަށާއި އޭގެ ތެރޭގައި ބާނާ މަސް ނުކިރުމާއި އެއަށް ފައިސާ ނުލިބުމާއި ތެޔޮ ނުލިބުމުގެ މައްސަލަތައް ހިމެނޭ ކަމަށެވެ.

"މިއަދާއި ހިސާބަށް އައިއިރު މަސްވެރިންނަށް އެ ދަތިތައް ކުރިމަވެފައި އޮތީ ވޭތުވެދިޔަ ސަރުކާރުތަކުން އެ އިންޑަސްޓްރީއާ ދޭތެރޭގައި އަޅާލަން ވީވަރަށް އަޅާނުލާ އޮތީމަ." ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މަސްވެރިކަން ޕްރައިވެޓް ސެކްޓަރއަށް އެކޮށް ދޫކޮށްލައިގެން އެކަން ކުރުމަކީ އެންމެ ފައިދާހުރި ގޮތްކަމަށް ނުދެކޭކަމަށާއި ސަރުކާރުން މަސްވެރިކަމުގެ އިންޑަސްޓްރީ ކުރިއަށް ގެންދަން ޖެހޭކަމުގައެވެ. އެހެންކަމުން ސަރުކާރުގެ ވިސްނުމަކީ މިފްކޯއަށް މިހާރަށްވުރެ ބޮޑަށް އިންވެސްޓްކޮށް، ފަސޭހައިން މަސްވެރިންނަށް މަސްކިރޭނެ ގޮތްހަދާ، ކިރޭ މަސް ރަނގަޅަށް ފްރީޒް ކުރެވި، ރަނގަޅު އަގުގައި ބޭރަށް ވިއްކޭނެ ގޮތް ހެދުން ކަމަށެވެ.

އެގޮތުން އޭގެ ގިނަ މަޝްރޫއުތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ހިނގާ ކަމުގައި ރައީސް ސޯލިހު ފާހަގަކުރެއްވި އެވެ. ބޮޑުތިލަދުންމައްޗަށް ތަރައްގީގެ ބޮޑު ބަދަލެއް، މި ސަރުކާރުން ގެންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355