twitterviber whatsapp telegramfacebookyoutube instagram
8th May 2024

ވިލާ ކޮލެޖުގެ ސެޕްޓެމްބަރު އިންޓޭކްގައި ފެށުމަށް ހަމަަޖެހިފައިވާ ކޯސްތަކަށް ހުޅުވާލައިފި

Jul 22, 2023

ވިލާ ކޮލެޖުގެ 2023 ވަނަ އަހަރު ސެޕްޓެމްބަރު އިންޓޭކްގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މިގޮތުން އިންފޮރމޭޝަން ޓެކްނޮލޮޖީ، ކޮމްޕިއުޓަރ ސައިންސް، ޓީޗިންގް (އިސްލާމް، ގުރްޢާން، ދިވެހި، އިނގިރޭސި، ސެކަންޑްރީ ބިޒްނަސް ސަބްޖެކްޓްސް، ސެކަންޑަރީ ސައިންސް ސަބްޖެކްޓްސް) އެޑިއުކޭޝަން، ޝަރީޢާ، ލޯ، ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީ، ބިޒްނަސް މެނޭޖްމަންޓް، އޭވިއޭޝަން މެނޭޖްމެންޓް، އިންޓަނޭޝަނަލް ބިޒްނަސް، އިކޮނޮމިކްސް، އެކައުންޓިންގ އެންޑް ފައިނޭންސް، ބޭންކިންގ އެންޑް ފައިނޭންސް، މާކެޓިންގ، ހިއުމަން ރިސޯސް، އިންޖިނިއަރިންގް (މެކޭނިކަލް، އިލެކްޓްރިކަލް، މެކަޓްރޯނިކްސް) ރިސާރޗް، ނަރސިންގ، ސައިކޮލޮޖީ، ޕަބްލިކް ހެލްތް ކޯސްތައް ހިމެނެ އެވެ.

އަދި އިންޓީރިއަ އާކިޓެކްޗާ އެންޑް ޑިޒައިން، ހެލްތް ސާރވިސަސް މެނޭޖްނަންޓް، ޕްރޮޖެކް މެނޭޖްމަންޓް، ހޮސްޕިޓަލިޓީ މެނޭޖްމަންޓް، މާސް ކޮމިއުނިކޭޝަން އަދި ކަލިނަރީ އާރްޓްސް ދާއިރާއިން ޖުމްލަ 147 ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވައިލެވިފައެވެ.

މި އިންޓޭކްގައި މާސްޓަރސް ފެންވަރުގެ 20 ކޯހަކާއި، ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ އަދި ޕޯސްޓު ޕޯސްޓް ގްރެޖުއޭޓް ސެޓްފިކެޓް ފެންވަރުގެ 9 ކޯހަކާއި، ޑިގްރީ ފެންވަރުގެ 41 ކޯހަކާއި، ޑިޕްލޮމާ ފެންވަރުގެ 29 ކޯހަކާއި ފައުންޑޭޝަން ފެންވަރުގެ 17 ކޯހަކާއި އަދި ސެޓްފިކެޓް 3 ފެންވަރުގެ 17 ކޯހަކާއި ސެޓްފިކެޓް ލެވެލް 2 ގެ 1 ކޯސް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ހަމަ އެއާއެކު، އޭސީސީއޭގެ ނޮލެޖް ލެވެލް، ސްކިލް ލެވެލް އަދި ޕްރޮފެޝަނަލް ލެވެލްގެ އިތުރުން، އޭސީސީއޭ ކިޔަވާ ދަރިވަރުންނަށް ޚާއްސަ، އޭސީސީއޭ އެކްސެލެރޭޓް އަދި އިނގިރޭސިވިލާތުގެ އޮކްސްފޯޑް ބްރުކްސް ޔުނިވަރސިޓީގެ ބީއެސްސީ (އޮނާސް) އިން އެޕްލައިޑް އެކައުންޓިންގ ކޯހަށް ވަނުމުގެ ފުރުސަތު ވެސް ކުރިއަށް އޮތް ސެޕްޓެމްބަރ އިންޓޭކަށް ވަނީ ހުޅުވާލާފައެވެ. އަދި ސަޓިފައިޑް އެކައުންޓިން ޓެކްނިޝަންގެ (ކެޓް) ލެވެލް 2،1 އަދި 3 ވެސް ކިޔަވައި ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އަދި ޗާރޓަޑް އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓެންޓްސް (ސީމާ) ގެ ސެޓްފިކެޓް ލެވެލް، އޮޕްރޭޝަންސް ލެވެލް، މެނޭޖްމަންޓް ލެވެލް އަދި ސްޓްރެޓިޖިކް ލެވެލް ގެ ކޯހެއްވެސް ވިލާ ކޮލެޖުގައި ކިޔެވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފަ އެވެ.

ސެޕްޓެމްބަރު އިންޓޭކުގައި ހުޅުވާލެވޭ ކޯސްތަކުގެ ތެރޭގައި އޮންލައިން އަދި ފޭސް ޓު ފޭސް ކޮށް ކިޔެވޭ ކޯސްތައް ހިމެނެއެވެ.

ސެޕްޓެމްބަރ 2023 އަށް ހުޅުވާލެވުނު ކޯސްތަކުގެ ތެރޭގައި ވިލާ ކޮލެޖުގެ އަމިއްލަ ކޯސްތަކާއި އަދި އިނގިރޭސިވިލާތުގެ މަޝްހޫރު ޔުނިވަރސިޓީ އެއް ކަމަށްވާ، ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑްގެ މާސްޓަރސް އަދި ފުރަތަމަ ޑިގްރީގެ ކޯސްތައް ހިމެނެއެވެ. އަދި މި ކޯސްތަކަކީ ކޮންމެ ކޯހެއްގެ ވެސް ދާއިރާގެ ޕްރޮފެޝަނަލް ބޮޑީތަކުގެ އިތުރުން، އިންޑަސްޓްރީތައް ޤަބޫލުކުރާ މިންގަނޑުތަކަށް ފެތޭ، ދަރިވަރުން ވަޒީފާގެ މައިދާނަށް އެންމެ ފުރިހަމައަށް ތައްޔާރުކޮށްދެވޭނެ ގޮތަށް ފަރުމާ ކުރެވިގެން ހިންގޭ ކޯސްތަކެކެވެ.

ކޯސްތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ކޯހުގައި ބައިވެރިވުމަށް ފޯމު ހުށަހަޅަން ޖެހޭ އެންމެ ފަހުގެ ތާރީޚަކީ 13 އޯގަސްޓް 2023 ވާ ހޮނިހިރު ދުވަހެވެ. ކޯސްތަކުގެ ކިޔެވުން، ސެޕްޓެމްބަރ މަހުގެ ފަހު ހަފްތާ ތެރޭގައި ފެށޭނެއެވެ. ކޯސްތަކުގެ މައުލޫމާތު ވިލާކޮލެޖުގެ ވެބްސައިޓް www.villacollege.edu.mv އިން ލިބެން ހުންނާނެއެވެ. އިތުރު މައުލޫމާތު ވިލާކޮލެޖު ކުޅުދުއްފުށީ ކެމްޕަހުގެ ނަންބަރު 7980611 އަށް ގުޅުއްވައިގެން ނުވަތަ ވައިބާރ ކޮށްލައްވައިގެން ހޯދާލެވޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355