twitterviber whatsapp telegramfacebookyoutube instagram
8th May 2025
ADVERTISEMENT
ބޭސް ފަރުވާއަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމަށް އަދީބު އެދިއްޖެ--ފޮޓޯ:އަވަސް

ބޭސް ފަރުވާއަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމަށް އަދީބު އެދިއްޖެ

ނަބީލާ އިސްމާޢީލް
Jul 22, 2023

ރާއްޖޭން ބޭރުގައި ބޭސް ފަރުވާކުރެއްވުމަށް ކުރީގެ ނައިބް ރައީސް އަހުމަދު އަދީބަށް ދެއްވާފައިވާ މުއްދަތު އިތުރު ކޮށްދެއްވުމަށް ހުށަހަޅުއްވައިފިއެވެ.

އަދީބުގެ ޕާޓީ އެމްޓީޑީން ބުނި ގޮތުގައި އަދީބު ފަރުވާ އަށް ސިންގަޕޫރަށް ވަޑައިގެންނެވީ ފުރާނައަށް ނުރައްކާވާފަދަ ނާރުގެ ބައްޔަކަށް ފަރުވާ ހޯއްދަވަން އެކި ޑޮކްޓަރުން ލަފާ ދީފައިވާތީ އެވެ.

ސިއްހީ ފަރުވާއަށް 10 ދުވަހުގެ ހުއްދައެއް ލިބިގެން އަދީބް ސިންގަޕޫރަށް ފުރާވަޑައިގަތީ މިމަހުގެ 11 ވަނަ ދުވަހު އެވެ. އަދީބަށް ދީފައިވާ މުއްދަތު އިއްޔެގެ ނިޔަލަށް ވަނީ ހަމަވެފަ އެވެ.

ކަރެކްޝަނުން މީޑިއާތަކަށް ވިދާޅުވީ އަދީބުގެ ފަރާތުން މެޑިކަލްގެ މުއްދަތު އިތުރު ކުރެއްވުމަށް ކަރެކްޝަނަށް ހުށަހަޅުއްވާފައިވަކަމަށެވެ. އަދީބް ހުށަހަޅުއްވާފައިވާ ލިޔެކިޔުންތަކަށް ބެއްލެވުމަށްފަހު ގޮތެއް ނިންމާނީ މެޑިކަލް ބޯޑުން ކަމަށެވެ.

ރާއްޖެއިން ބޭރަށް މީގެ ކުރިން ބޭސްފަރުވާއަށް ދާ ގައިދީންނަށްވެސް ދެވޭ މުއްދަތުގައި ފަރުވާ ނުނިމިއްޖެނަމަ އިތުރު މުއްދަތު ދޭކަމަށް އޮފިޝަލް ވިދާޅުވިއެވެ. އަދީބު ރާއްޖެއިން ބޭރަށް ވަޑައިގެންނެވީ އެކަމަށް ދޫކުރައްވާފައިވާ ވަގުތީ ޓްރެވަލް ޑޮކިއުމެންޓެއްގައެވެ.

އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަ އަދީބުގެ މައްޗަށް ސާބިތުވެ، 20 އަހަރުގެ ޖަލު ހުކުމެއް އިއްވާ، 2 މިލިއަން ރުފިޔާއިން ޖޫރިމަނާގެ ހުކުމެއް އަދީބުގެ މައްޗަށް އިއްވާފައިވަނީ 2020 ވަނަ އަހަރުއެވެ. އެހެންނަމަވެސް، އަދީބުގެ ސިއްހީ ހާލަތު ހުރި ގޮތުން، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ވަނީ އޭނާ ގޭބަންދަށް ބަދަލުކޮށްފައެވެ.

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com