twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ހދ އަތޮޅުގެ އިސް މެޖިސްޓްރޭޓް އަލީ އާދަމްގެ ސަސްޕެންޝަން ދަންމާލައިފި

ނަބީލާ އިސްމާޢީލް
Jul 23, 2023
1

ވަރިވާން ކޯޓަށް ދިޔަ އަންހެނަކަށް ގުޅި މައްސަލާގައި ސަސްޕެންޑު ކޮށްފައިވާ ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ އާދަމްގެ ސަސްޕެންޝަން އިތުރުކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ނިންމައިފި އެވެ.

ޖޭއެސްސީން ބުނީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވުމަށްއެދި ހުށަހެޅި މައްސަލައެއްގައި ހިމެނޭ ހަސްމަކަށް ގުޅައި މެސެޖުކޮށް ހެދިކަމަށް ތުހުމަތުކޮށް، އިސްމެޖިސްޓްރޭޓް އަލީ އާދަމްއާ ގުޅޭގޮތުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން މިދިޔަ ޖޫން 21 ވަނަ ދުވަހު ނަގާފައިވާ ފަނޑިޔާރުގެ ބަޔާނަށް ރިއާޔަތްކުރުމަށްފަހު ހދ ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓާއި ގުޅޭގޮތުން ތަހުގީގު ކުރަމުންދާ މައްސަލައިގެ ބާވަތަށާއި، ތަހުގީގަށް ހޯދިފައިވާ މައުލޫމާތަށް ބަލައި، ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް، ޤާނޫނު ނަންބަރު 2008/10 ގެ ޤާނޫނުގެ 25 ވަނަ މާއްދާގެ (ތ) އަށް ރިއާޔަތްކުރުމަށްފަހު، 24 ޖުލައި 2023 އިން ފަށައިގެން ކޮމިޝަނުން ވަކިގޮތެއް ކަނޑައަޅަންދެން، ގާނޫނުގެ 25 ވަނަ މާއްދާގެ (ލ)ގެ ދަށުން ހދ ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލީ އާދަމް ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް، އެންގުމަށް ޖުލައި 12 ވަނަ ދުވަހު ބޭއްވުނު ކޮމިޝަންގެ 46 ވަނަ ޖަލްސާގައި ވަނީ ނިންމާފައި ކަމަށެވެ.

ޖޭއެސްސީން އިތުރަށް ބުނީ އިސްމެޖިސްޓްރޭޓް އަލީ އާދަމް މިހާރުވެސް ހުންނެވީ ކޮމިޝަނުން ބަލަމުންދާ މިބާވަތުގެ އެހެން މައްސަލައަކާގުޅިގެން 2023 މޭ 25 ދުވަހުން ފެށިގެން ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އަންގާ ސަސްޕެންޑްކޮށްފަކަމަށެވެ.

މީގެ ކުރިން ވެސް އަލީ އާދަމްއާ ގުޅޭ ބައެއް މައްސަލަތައް ޖޭއެސްސީން ބަލާފައިވާއިރު އޭގެ ތެރޭގައި ކުޅުދުއްފުށީ ކޯޓަށް ހުށަހެޅި ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން ރައްކާތެރިކަމުގެ އަމުރު ނެރެދިނުމާ ގުޅޭ މައްސަލައަކާއި، ތަފްރީގް ކޮށްފައިވާ ކައިވެންޏެއް ރުޖޫއަކޮށްދިން މައްސަލައަކާއި އަމިއްލަ ޖަމިއްޔާއެއް އުފައްދައި ހަރަކާތްތެރިވި މައްސަލައެއް ހިމެނެ އެވެ.

އަދި ކައިވެނި ރުޖޫއަކޮށްދިނުމާއި ޖަމިއްޔާ އުފެއްދި މައްސަލައާއި ގުޅިގެން މިދިޔަ އަހަރުގެ އޭޕްރީލް، 18ގައި އަލީ އާދަމް ދެ ހަފުތާއަށް ސަސްޕެންޑު ވެސް ކުރި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355