twitterviber whatsapp telegramfacebookyoutube instagram
28th April 2024

އެއްވަނަ ދަރަޖައިގައި ކީރިތި ޤުރްއާން ހިތުދަސްކޮށްގެން ރައީސް ދެއްވާ ހާއްސަ މެޑެލް މިއަހަރު 10 ފަރާތަކަށް

ނަބީލާ އިސްމާޢީލް
Jul 26, 2023

ކީރިތި ޤުރްއާން ހިތުދަސްކޮށް އެއްވަނަ ދަރަޖައިގައި ފާސްވެގެން ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މެޑެލް މިއަހަރު 10 ފަރާތަކުން ހާސިލުކޮށްފިއެވެ. މި ފަރާތްތަކަށް ހާއްސަ މެޑަލް ހަވާލުކޮށްފައިވަނީ ރާއްޖޭގެ ފަހުރުވެރި މިނިވަން ދުވަސް ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި މިއަދު ބޭއްވި ރަސްމީ ޖަލްސާގައެވެ.

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ކީރިތި ޤުރްއާން ހިތުދަސްކޮށް، އެއްވަނަ ދަރަޖައިގައި ފާސްވެގެން ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މެޑެލް ހާސިލުކުރެއްވި ފަރާތްތަކަށް މެޑަލް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ.

ކީރިތި ޤުރްއާން ހިތުދަސްކޮށް، އެއްވަނަ ދަރަޖައިގައި ފާސްވެގެން ރައީސްގެ ހާއްސަ މެޑެލް ހާސިލުކުރި 10 ޙާފިޡުންނަކީ:

އާމިނަތު އައިފާ، އަލިވިލާގެ ފ. ބިލެތްދޫ
ޝަޢަފް ޙާމިދު އިބްރާހީމް، މަލާޒް، ޅ. ނައިފަރު
އަބާން އިބްރާހީމް، ހ. ލަކީލޮޖްހުޅަނގުބައި
މަރްޔަމް މުޙައްމަދުދީދީ، މުއްތުސަންބާގެ، ސ. ހިތަދޫ
އަހުމަދު ރާއިޢް ބަޝީރު، ފުނާޑު. ރަޔަން، ޏ. ފުވައްމުލައް
ޙަސަން ނަޞީރު، ޒިއުރިކް، ސ. ހިތަދޫ
ރައުޙާ އިސްމާޢީލް، ދިލްޝާދުގެ، ދ. މީދޫ
ޢާއިޝަތު އާން ރަޝީދު، މ. ޝޭޑީރީޖަން
އިސްމާޢީލް އިޒުޢާން އިބްރާހީމް، ހުޅުމާލެ ފްލެޓް 02-ޖީ-141
މިބުސާމް ސަލްމާން، ހެވަންލީޑް ގދ. ތިނަދޫ

ރާއްޖޭގެ މިސްކިތްތަކުގެ އިމާމުންނަށް ޑިގްރީ ފެންވަރަށް ކިޔަވައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ސަރުކާރުގެ ވައުދުފުޅެކެވެ. މި ވައުދުފުޅުގެ ދަށުން އިސްލާމިކް މިނިސްޓްރީއާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ ގުޅިގެން، އިމާމުން ޑިގްރީ ފެންވަރަށް ތަމްރީންކުރުމުގެ މަސައްކަތް ފެށީ 2020 ވަނަ އަހަރުގެ ތެރޭގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355