twitterviber whatsapp telegramfacebookyoutube instagram
8th May 2024

ރައްޔިތުންނަށް އާމްދަނީ ލިބޭ ގޮތަށް ފަރުކޮޅުގައި ތަރައްގީގެ މަޝްރޫއުތަކެއް ހިންގާނަން: ރައީސް

އަބްދުލް ވާހިދު ޙަސަން
Jul 31, 2023

ށ ފުނަދޫގެ ބައެއްގެ ގޮތުގައި އޮންނަ ފަރުކޮޅުގައި ރައްޔިތުންނަށް އާމްދަނީ ލިބޭ ގޮތަށް ތަރައްގީގެ މަޝްރޫއުތަކެއް ހިންގާނެކަމަށް އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް އިބުރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ކެމްޕެއިނަށް ށ ފުނަދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ވަނީ އެރަށަށް ކޮށްދެއްވާނެ ކަންތައް ހާމަކުރައްވާފަ އެވެ. އެގޮތުން ރައީސް ވިދާޅުވީ، ފުނަދޫގައި ނުހެދި ހުރި މަގުތައް ތާރުއަޅައިގެން ހަދަން ހަމަޖެހިފައިވާ ކަމަށެވެ. މިހާރު ކުރަމުންދާ ފެނުގެ މަސައްކަތް ނިންމުމާއެކު މަގުތަކުގައި ތާރުއަޅަން ފަށާނެކަމަށް ރައީސް ވިދާޅުވި އެވެ.

21 ރަށެއްގައި ބިން ހިއްކުމަށް ޕްލޭން ކުރެވިފައިވާއިރު ފުނަދޫވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށާއި އެގޮތުން އަމާޒަކީ މިއަހަރުގެ ނިމުމުގެ ކުރިން އެރަށުގެ ބިން ހިއްކަން ބަޔަކާ ހަވާލުކުރުން ކަމަށް ރައީސް ވިދާޅުވި އެވެ. މީގެ އިތުރުން ރައީސް ވިދާޅުވީ، އެރަށުގެ ބޯހިޔާވަހިކަމަށް ހައްލެއް ހޯދައިދިނުމަށްޓަކާ ރޯހައުސް ނުވަތަ ފްލެޓް އެޅުމަށް ކުރިއަށް އޮތް ދައުރުގެ މެނިފެސްޓޯގައި ހިމަނާފައިވާނެ ކަމަށެވެ.

50 އެނދުގެ އާ ހޮސްޕިޓަލެއް އަޅައި މަސްވެރިންނަށް ހެޔޮއަގުގައި އައިސް ލިބޭނެ އިންތިޒާމު އެރަށުން ހަމަޖައްސައިދޭނެކަމަށް ރައީސް ވައުދުވެވަޑައިގެންނެވި އެވެ. އަދި އަންނަ ދައުރުގައި ފުނަދޫ ސްކޫލަށް ކްލާސް ރޫމް އިތުރުކުރުމުގެ މަސައްކަތްވެސް ކުރާނެކަމަށް ވިދާޅުވި އެވެ.

ރައީސް އިބުރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، 2014 އިން 2018 އާހަމައަށް އޮތް ވެރިކަމުގައި ޕީއެސްއައިޕީގެ މަޝްރޫއުތަކަށް ހަރަދުކުރެވިފައިއޮތީ 22 ބިލިއަން ރުފިޔާ ކަމަށާއި އެކަމަކު މިސަރުކާރުގައި މިހާތަނަށް އައިރުގައި 32 ބިލިއަން ރުފިޔާ ޕީއެސްއައިޕީގެ ޕްރޮގުރާމުތަކަށް ދައުލަތުގެ ބަޖެޓުން ހަރަދުކޮށްފައިވާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355