twitterviber whatsapp telegramfacebookyoutube instagram
7th May 2024

މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ޑްރޯން ޝޯވއަށް އާންމުންގެ ބޮޑު ތަރުހީބެއް

ނަބީލާ އިސްމާޢީލް
Jul 31, 2023

މިނިވަން ދުވަހުގެ މުނާސަބަތުގައި އެކިއެކި މުއައްސަސާތަކުން ބޭއްވި ކުޅިވަރުތަކުގެ ތެރެއިން މި ފަހަރު އެންމެ ތަފާތު ހަރަކާތެއްގެ ގޮތުގައި ފެނިގެންދިޔައީ ދިރާގުން ބޭއްވި ޑްރޯން ޝޯއެވެ. މި ސޯއަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައިވާކަމަށް އެކުންފުނިން ބުނެފި އެވެ.

ދިރާގާއި ހޯމް މިނިސްޓްރީ ގުޅިގެން ޑްރޯން ޝޯ ކުރިއަށް ގެންދިޔައީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ. އެ ޝޯ ބައްލަވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުންނާއި، ދައުލަތުގެ އެހެން ބައެއް އިސްވެރިން ސެންޓްރަލް ޕާކަށް ވަޑައިގެންނެވި އެވެ. އެ ޝޯ ބަލަން ގިނަ އަދަދެއްގެ އާއްމުން ވެސް ޖަމާވި އެވެ.

މި ޑްރޯން ޝޯ ކުރިއަށް ގެންގޮސްފައިވަނީ ރާއްޖޭގެ 58 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އަރބަންކޯ އާއި މިނިސްޓްރީ އޮފް ހޯމް އެފެއަސް ގުޅިގެން ބޭއްވި މިނިވަން އުފާ ކާނިވަލް ހުޅުވުމުގެ ރަސްމިއްޔާތުގައެވެ. އެގޮތުން 300 ޑްރޯންއާއެކު ބޭއްވި މި ޝޯގައި ވަނީ ތަފާތު ރީތި ދިވެހިވަންތަ ޑިޒައިންތައް ދައްކާލާފައެވެ.

"އާންމުނަނަށް ހުޅުވާލައިގެން ރާއްޖޭގައި މި ބޭއްވި ފުރަތަމަ ޑްރޯން ޝޯއަށް އާންމުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާކަން އަޅުގަނޑުމެން އުފަލާއެކު ފާހަގަ ކުރަން. ޑްރޯންއަކީ ދުނިޔޭގައި ވެސް އެންމެ ކުރިއަރަމުން އަންނަ އެއް ޓެކްނޮލޮޖީ. އެގޮތުން، ދިވެހިރާއްޖޭގެ ލީޑިންގ ޑިޖިޓަލް ސާވިސް ޕްރޮވައިޑަރުގެ ހައިސިއްޔަތުން މިފަދަ އެންމެ ފަހުގެ ޓެކް ރާއްޖެއަށް ގެނެސް، ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކަށް ތަފާތު އައު ތަޖުރިބާތަކެއް ގެނެސްދިނުމަކީ އަޅުގަނޑުމެންގެ އެންމެ ބޮޑު އެއް އަމާޒު،" ދިރާގުގެ އެސިސްޓަންޓް މެނޭޖަރ ޕަބްލިކް ރިލޭޝަންސް، ޖައިޝާން ޙަމީދު ވިދާޅުވިއެވެ.

ދިރާގުން އަބަދުވެސް މަސައްކަތްކުރަމުންދަނީ ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކަށް އިތުރު ފުރުސަތުތައް މަގުފަހިކޮށްދޭފަދަ ތަފާތު މުނިފޫހިފިލުވުމާއި އިޖްތިމާޢީ ހަރަކާތްތަކަށް ކުރިއަށް ގެންދިޔުމަށް އެއްބާރުލުންދިނުމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355