twitterviber whatsapp telegramfacebookyoutube instagram
20th May 2024

ގެސްޓްހައުސް އަޅަން ލުއި ލޯނު ލިބޭ ފަންޑެއްގެ ވައުދު ރައީސް ވެވަޑައިގެންފި

ނަބީލާ އިސްމާޢީލް
Aug 2, 2023

ގެސްޓްހައުސް ބިނާކުރުމަށް ވަކިން ފަންޑެއް ހަމަޖައްސާ އޭގެތެރެއިން ލުއި ލޯނު ލިބޭނެ ގޮތް ހަދައިދޭނެ ސިޔާސަތެއް ކުރިއަށް އޮތް ދައުރުގެ ތެރޭގައި ގެންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ހއ ބާރަށަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މިއަދު ބާރަށަށް ފޭބުމުން ފެނުނީ 2018 ވަނަ އަހަރު ތާއީދު އޮތްވަރަށްވުރެއް އިތުރަށް ތާއީދު އޮތްތަން ކަމަށެވެ. އޭގެން ސާފުވަނީ މި ސަރުކާރުން ގެންނަ ތަރައްގީއާއެކު ކުރިއަށްދާން ބާރަށު ރައްޔިތުން ތައްޔާރަށް ތިބިކަންކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ ބާރަށުގައި މިސަރުކާރުން ގިނަ ތަރައްގީގެ މަސައްކަތްތަކެއް ކޮށްފައިވާ ކަމާށާއި ގިނަ މަސައްކަތްތަކެއް ކުރިއަށްދާކަމަށެވެ.

ރައީސް ވިދާޅުވީ، އަލަށް ވިޔަފާރި ފަށާ މީހުންނާއި، މިހާރު ހިންގަމުންދާ ވިޔަފާރިތަކަށް ހާއްސަކޮށް ގެސްޓުހައުސްތަކަށް ފަންޑެއް ހުޅުވާ އޭގެ ތެރެއިން ލުއި ލޯނު ލިބޭނެ އިންތިޒާމު ހަމަޖައްސައިދެއްވާނެ ކަމަށެވެ.

ލޯކަލް ޓޫރިޒަމް ފައްކާކުރުމަށް ބާރަށަކީ ރަނގަޅު ރަށެއް ކަމަށް ވިދާޅުވި އެވެ. އެގޮތުން, ކައިރީގައި އެއާޕޯޓެއް އޮތް ކަމަށާއި، އެއީވެސް ފަތުރުވެރިކަން ކުރިއެރުވުމަށް އޮތް ތަނަވަސް ދޮރެއްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ލޯކަލް ޓޫރިޒަމް ފައްކާކުރުމަށް މިއަށްވުރެ ރަނގަޅު ރަށެއް އޮންނާނެއެކޭ އަޅުގަނޑު ނުދެކެން. ތިޔަބޭފުޅުން ތައްޔާރުވެވަޑައިގަންނަންވީ މިކަމަށް ދުރާލާ," ރައީސް ސޯލިހު ވިދާޅުވި އެވެ.

ބޮޑުތިލަދުންމައްޗަކީ ގުދުރަތީ ގޮތުން މުއްސަނދި އަތޮޅެއް ނަމަވެސް ގެސްޓުހައުސް ވިޔަފާރި ހިންގަނީ ހަތަރު ރަށެއްގަ އެވެ. އެއީ ދިއްދޫ، ކެލާ، ހޯރަފުށި އަދި ވަށަފަރުގަ އެވެ.

ބާރަށަށް ރައީސް ވެދެއްވި ވައުދުތަކުގެ ތެރޭގައި، ދައުރު ނިމުމުގެ ކުރިން ހުރިހާ ގެއަކަށް ސާފު ބޯފެން ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމާއި، ސްކޫލުގެ މަސްޓިޕާޕަސް ހޯލާއި، ސްކޫލު އޮފީސް އިމާރާތްކުރުން ހިމެނެ އެވެ. އަދި ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ހަދައި ރިންގު ރޯޑެއް ގާއިމްކުރުން ހިމެނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355