twitterviber whatsapp telegramfacebookyoutube instagram
19th May 2024

އައިބީސީ ބޮޑީބޯޑިން ވޯލްޑް ޓުއާގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

ނަބީލާ އިސްމާޢީލް
Aug 5, 2023

މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އާއި އިންޓަނޭޝަނަލް ބޮޑީބޯޑިން ކޯޕަރޭޝަން (އައިބީސީ) އިން ގުޅިގެން ބާއްވާ 'ވިޒިޓް މޯލްޑިވްސް ޕްރޯ 2023' އައިބީސީ ބޮޑީބޯޑިން ވޯލްޑް ޓުއާގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ސޮއިކޮށްފިއެވެ. މި އިވެންޓް ކުރިއަށްދާނީ މިމަހުގެ 12 ވަނަ ދުވަހާ ހަމައަށެވެ.

"ވިޒިޓް މޯލްޑިވްސް ޕްރޯ 2023" އަކީ އައިބީސީ ވޯލްޑް ޓުއާގެ މޯލްޑިވްސް ސީރީޒްގެ ދެވަނަ އެޑިޝަނެވެ. މި އިވެންޓަކީ އޭޝިއާ ސަރަޙައްދުގައި ބެއްވޭ އެންމެ ބޮޑު ބޮޑީބޯޑިން އިވެންޓަށް ވާނެ ކަމަށް ދިރާގުން ވަނީ ލަފާކޮށްފައެވެ. އެގޮތުން މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި އިވެންޓް ވަނީ 2022 ވަނަ އަހަރުގެ ވޯލްޑް ޓުއާގެ އެންމެ ކާމިޔާބު އިވެންޓުގެ ގޮތުގައި ރޭޓްކުރެވިފައިއެވެ.

ދިރާގުން ބުނީ މި އަހަރުގެ ބޮޑީބޯޑިން އިވެންޓް ދުނިޔޭގެ މަޝްހޫރު އެތައް ބޮޑީބޯޑަރުންނާއި، މިދިޔަ އަހަރަށްވުރެ ދެގުނަ އެތްލީޓުންނާ އެކު ބާއްވާނެ ކަމަށެވެ.

ދިރާގުން މި އިވެންޓްގެ ޑިޖިޓަލް ޕާޓްނަރަކަށް ދެވަނަ ފަހަރު ވެފައިވާއިރު އެ ކުންފުނިން ބުނީ، ދެވަނަ ފަހަރަށް މި އިވެންޓް ރާއްޖެއަށް ގެނެސްދިނުމަށް އެހީތެރިވެދިނުމަކީ ވަރަށް އުފާކުރާ ކަމެއް ކަމަށެވެ. ހަމައެއާއެކު ރާއްޖޭގެ ބޮޑީބޯޑިން ހަލުވިކަމާއެކު ކުރިއަރަމުން އައުމާއި ރާއްޖޭގެ އެތުލީޓުން ބައިނަލްއަޤްވާމީ ފެންވަރުގައި ވިދާލާތަން ފެނުމަކީ އެ ކުންފުނިން އެންމެ ފަޚުރުވެރިވާ އެއް ކަންތައް ކަމަށް ދިރާގުން ވަނީ ބުނެފައެވެ.

"މިއަހަރު ރާއްޖޭގައި ބާއްވާ މި އިވެންޓަކީ އައިބީސީ ޓުއާގެ ރޭންކިންއަށް ވަރަށް މުހިންމު އިވެންޓެއް. އެހެންކަމުން މި އިވެންޓަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ހުނަރުވެރި ބޮޑީބޯޑަރުން އައިސް ރާއްޖެއަކީ ކުރިއަރާފައިވާ ބޮޑީބޯޑިން މަންޒިލެއްގެ ގޮތުގައި ދުނިޔޭގައި މަޝްހޫރުވުމަށް އިތުރަށް މަގުފަހިވެގެންދާނެ،" އެމްބީބީއޭގެ ރައީސް އަބްދުﷲ އަރީފް ވަނީ މި އިވެންޓާ ގުޅިގެން ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355