twitterviber whatsapp telegramfacebookyoutube instagram
3rd May 2024

އުރީދޫ މަސްރޭސް ފަށައިފި

ނަބީލާ އިސްމާޢީލް
Aug 5, 2023

އުރީދޫއިން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ ފޯރިގަދަ މަސްވެރިކަމުގެ މުބާރާތް "އުރީދޫ މަސްރޭސް" 34 ޓީމާއެކު އިއްޔެ މާލޭއިން ފަށައިފި އެވެ.

އުރީދޫއިން ބުނީ މިއަހަރުގެ މަސްރޭހުގައި ބައިވެރިވުމަށް ޖުމްލަ 83 ޓީމާކުން ރެޖިސްޓްރީ ކޮށްފައިވާ ކަމަށެވެ. އަދި, ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މަސްވެރިކަމުގެ މުބާރާތަށް މި އަހަރުގެ މަސްރޭސް ވެގެންދާނެ ކަމަށެވެ.

ޓީމުތައް ވަނީ މެންދުރު 2:30 ގައި މަސްވެރިންގެ ޕާކުން މަހަށް ފުރާފައިފަ އެވެ. މަސް ކިރުމަށް ހުރިހާ ޓީމްތަކުން އުސްފަސްގަނޑަށް ރޭ 9ގެ ކުރިން ވަނީ އައިސްފަ އެވެ. އެއަށް ފަހު 10 ޖަހާއިރު ވަނި މަސް ކިރުމާއި އެވޯޑު ކުރުމުގެ ހަފުލާ ބާއްވާފަ އެވެ.

އުރީދޫ މޯލްޑިވްސްގެ 18 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ "އުރީދޫ މަސްރޭސް 2023" މާލޭގެ އިތުރުން ކުޅުދުއްފުށި ސިޓީ، އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގައި ވެސް ކުރިއަށްދާނެ އެވެ.

މުބާރާތް ފަށާ ތާރީހުތައް

  • މާލެ ސިޓީ: އޮގަސްޓް 4،
  • ކުޅުދުއްފުށި ސިޓީ: އޮގަސްޓް 11،
  • އައްޑޫ ސިޓީ: އޮގަސްޓް 18،
  • ފުވައްމުލައް ސިޓީ: އޮގަސްޓް 25،

މާލެއިން 34 ޓީމު ބައިވެރިވާ އިރު ކުޅުދުއްފުށި ސިޓީން 23 ޓީމާއި އައްޑޫ ސިޓީގެ 13 ޓީމަކާއި ފުވައްމުލައް ސިޓީން 13 ޓީމެއް މަސްރޭހުގައި ބައިވެރިވާނެ އެވެ.

އުރީދޫއިން ބުނީ ކޮންމެ ޓީމެއްވެސް އެ ޓީމެއްގެ ސިޓީގައި ޗެމްޕިއަންކަން ހޯދުމަށް ވާދަކުރާއިރު މުބާރާތުގެ ފޯރި އާއި ވާދަވެރިކަން އެހެން އަހަރުތަކަށް ވުރެ ވަރުގަދަވެގެންދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

އެގޮތުން ކޮންމެ ސަރަހައްދަކުން ހޮވާ ވަނަ ތަކަކީ:

  • އެއްވަނަ ޓީމް: 25،000 ރުފިޔާ
  • ދެވަނަ ޓީމް: 10،000 ރުފިޔާ
  • ތިންވަނަ ޓީމް: 5000 ރުފިޔާ
  • އެންމެ މޮޅު ކެޔޮޅު (އަންހެން/ ފިރިހެން): 1000 ރުފިޔާ

މި ފަަހަރުގެ މަސްރޭސް ބާއްވަނީ އުރީދޫގެ 18 ވަނަ އަހަރީ ދުވަހާ ގުޅުވައިގެންނެވެ. ޖުމްލަ 83 ޓީމާ އެކު މިއީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު މަސްވެރިކަމުގެ މުބާރާތެވެ. މި މުބާރާތުގެ ވަނަތަކަށް ދާ ޓީމުތަކަށް ޖުމްލަ 160،000 ރުފިޔާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355