twitterviber whatsapp telegramfacebookyoutube instagram
4th May 2024

ރައީސް ސޯލިހް ފޯމު އިލެކްޝަނުން ބަލައިގެންފި

ނަބީލާ އިސްމާޢީލް
Aug 6, 2023

އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ޝަރުތު ހަމަވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ނިންމައިފިއެވެ. ރައީސްގެ ރަނިންމޭޓްގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ ރައްޔިތުން މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްއެވެ.

ރައީސް ސޯލިހުގެ ކެންޑިޑަސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށައެޅުއްވީ މިއަދު ހެނދުނުއެވެ. އެމަނިކުފާނުގެ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށައެޅުއްވީ އިންތިހާބީ އެޖެންޓް، މުހައްމަދު ނާޝިޒާއި، ކެމްޕޭން މެނޭޖަރު މުހައްމަދު ރަޝީދު ހުސެއިންއެވެ. ފޯމާއި ހަވާލުވެޑައިގަތީ އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގެވެ.

ސެޕްޓެމްބަރު 9 ވަނަދުވަހު ބާއްވާ އިންތިހާބުގައި ވާދަކުރެއްވުމަށް މިހާތަނަށް 4 ޕާޓީއަކުން ކެންޑިޑޭޓުންގެ ނަން ވަނީ ހުށައަޅާފައެވެ. މި ކެންޑިޑޭޓުންގެ ތެރެއިން އިންތިހާބުގައި ވާދަކުރެއްވުމަށް ރައީސް ޔާމީންގެ ޝަރުތު ހަމަނުވާކަމަށް އީސީން ނިންމެވި ނިންމެވުމަށް ސުޕްރީމްކޯޓުން މިއަދު ވަނީ ތާއީދުކުރައްވާފައެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން ނަން ހުށައެޅުމަށް ހުޅުވާލާފައިވާ ފުރުސަތު މާދަމާ 14:00އަށް ހަމަވާނެއެވެ. އަދި ނަން ހުށައެޅުއްވި ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރުން އަންނަ ބުދަދުވަހު އޮންނާނެކަން އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކުރައްވާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355