twitterviber whatsapp telegramfacebookyoutube instagram
6th June 2025

ކުޅުދުއްފުށިން މުއިއްޒަށް އާދަޔާ ހިލާފު ހޫނު މަރުހަބާއެއް

އަބްދުލް ވާހިދު ޙަސަން
Aug 12, 2023
3

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މިއަދު ހަވީރު ކުޅުދުއްފުއްޓަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ދަންނަވައިފި އެވެ.

ޑރ މުއިއްޒުއާއެކު އޭނާގެ ރަނިންމޭޓް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފްވެސް ވަޑައިގެންނެވި އެވެ. މުއިއްޒު ގާތްގަނޑަށް 20 އަކަށް މިނެޓް އެއްވެ ތިބި މީހުންނާ ސަލާމްކުރައްވަން ހޭދަކުރެއްވި އެވެ.

މިއީ ފަހުގެ ތާރީހުގައި ކުޅުދުއްފުށިން ކީ އެންމެ ހޫނު މަރުހަބާ އެވެ. ކައިރި ބައެއް ރަށްރަށުން މަރުހަބާ ކިޔަން މީހުން އައިސް ތިބިނަމަވެސް ގިނައީ ކުޅުދުއްފުށީ މީހުންނެވެ.

ޕީޕީއެމް/ފީއެންސީ ލީޑާޝިޕްގައި ހިމެނިވަޑައިގަންނަވާ ގިނަ ބޭފުޅުން މިދަތުރުފުޅުގައި ކުޅުދުއްފުއްޓަށް ވަޑައިގެންނެވި އެވެ. މިރޭ ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އެ ޕާޓީގެ ހޮޅުއައްޓާ ދިމާ ވެލިގަނޑުގައި އޮންނާނެ އެވެ. އެ ޖަލްސާ ފެށޭނީ މިރޭ 20:30 ގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355