twitterviber whatsapp telegramfacebookyoutube instagram
5th August 2026

ކުޅުދުއްފުށީ އެއާޕޯޓް އިތުރަށް ތަރައްގީކުރާނަން: މުއިއްޒު

އަބްދުލް ވާހިދު ޙަސަން
Aug 12, 2023

ޕީޕީއެމް/ޕީއެންސީގެ ސަރުކާރެއްގައި ކުޅުދުއްފުށީ އެއާޕޯޓް އިތުރަށް ތަރައްގީކުރާނެކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުއްޓަށް ވަޑައިގެން މިރޭ ބޭއްވި ޖަލްސާގައި ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ، ޕީޕީއެމް/ޕީއެންސީގެ ސަރުކާރެއްގައި ކުޅުދުއްފުށީ އެއާޕޯޓް އިތުރަށް ތަރައްގީކުރާނެ ކަމަށެވެ

"ހާއްސަކޮށް ޕަސެންޖަރުންނަށް ހިދުމަތް ދިނުމަށް މިހާރު ހުރި ފެސިލިޓީތައް ރަނގަޅުކުރަން ޖެހޭ." ޑރ މުއިއްޒު ވިދާޅުވި އެވެ.

ފަސެންޖަރުންނަށް ހިދުމަތް ދިނުމަށް ހުރި ސަރަހައްދުތައް އިތުރަށް ތަރައްގީކޮށް ޖާގަ ތަނަވަސްކުރަން ޖެހޭކަމަށް ވިދާޅުވި އެވެ. އަދި އެކަން ހާއްސަ ސަމާލުކަމެއްދީގެން ކުރާނެކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ.

ކުޅުދުއްފުށީ އެއާޕޯޓްގެ ވައުދަކީ ރައީސް ޔާމީންގެ ފުރަތަމަ ދެ އަހަރުތެރޭގައި އަޅައި ނިންމާދޭނެކަމަށް ވައުދުވި އެއާޕޯޓެއްނަމަވެސް ވެރިކަން ނިމުނުއިރު އެޅިފައިވަނީ ހަމައެކަނި ރަންވޭ އެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355