twitterviber whatsapp telegramfacebookyoutube instagram
3rd May 2024

24 ގަޑިއިރު ހިދުމަތްދޭ ދަމަނަވެއްޓެއް ކުޅުދުއްފުށީގައި އިމާރާތްކުރާނަން: މުއިއްޒު

ނަބީލާ އިސްމާޢީލް
Aug 13, 2023

ޕްރައިމަރީ ހެލްތްކެއަރއަށް ހާއްސަކޮށް ދަމަނަވެއްޓެއް ކުޅުދުއްފުށީގައި އިމާރާތްކޮށް 24 ގަޑިއިރު ދަމަނަވެށީގެ ހިދުމަތް ދޭނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޑރ މުހައްމަދު މުއިއްޒު މިކަމަށް ވައުދުވީ ރިޔާސީ ކެމްޕެއިންނަށް ކުޅުދުއްފުއްޓަށް ވަޑައިގެން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މި ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ބަލި ޖެހުމުގެ ކުރިން ބަލި ޖެހުން ހުއްޓުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ޕީޕީއެމް/ޕީއެންސީގެ ސަރުކާރެއްގައި އިސްކަންދޭނެކަން މުއިއްޒު ފާހަގަކުރެއްވިއެވެ. އެގޮތުން ޕްރިވެންޓިވް ހެލްތު ކެއާއަށް ވަރަށް އިސްކަންދޭ ސަރުކާރަަކަށް އޭނާގެ ސަރުކާރުވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

"އާންމުކޮށް ސިއްހީ ވާހަކަ ދައްކާއިރު މި ދެއްކެނީ ބަލިތައް ޖެހުނީމަ އެ ބަލިތަކަށް ފަރުވާ ދޭ ވާހަކަ، އޭގެ ކުރިއަށް އެބަޖެހޭ ޕްރައިމަރީ ހެލްތް ކެއަރގެ ވާހަކަ ދައްކަން. ޕްރިވެންޓިވް ހެލްތް ކެއަރގެ ވާހަކަ ދައްކަން. މުޅި ރާއްޖޭގައިވެސް އަޅުގަނޑުމެންގެ ސިޔާސަތަކަށް ވާނީ މި ދެންނެވި ގޮތަށް ޕްރިވެންޓިވް ހެލްތް ކެއަރއަށް ވަރަށް ހާއްސަ އިސްކަމެއްދޭ ސަރުކާރަކަށް އަޅުގަނޑުމެންގެ ސަރުކާރު ހެދުން." އޭނާ ވިދާޅުވި އެވެ.

އެހެހެންކަމުން މުއިއްޒުގެ ވެރިކަމެއްގައި 24 ގަޑިއިރު ހިދުމަތްދޭނެ ދަމަނަވެއްޓެއް ކުޅުދުއްފުށީގައި ގާއިމުކުރެވޭނެކަމަށް ވިދާޅުވިއެވެ.

"އެހެންވީމާ މި ސިޓީގައިވެސް މި ދެންނެވިގޮތައް ޕްރައިމަރީ ހެލްތްކެއަރއަށް ހާއްސަކޮށް މާލޭގައި ހުރި ދަމަނަވެށި ފަދަ ދަމަނަވެއްޓެއް މި ތަނުގައި އިމާރާތްކޮށް 24 ގަޑިއިރު ދަމަނަވެށީގެ ހިދުމަތްދޭފަދަ އިމާރާތެއް އިރާދަކުރެއްވިއްޔާ މި ސިޓީގައި ގާއިމްކުރެވިގެން ދާނެ." މުއިއްޒު ވިދާޅުވި އެވެ.

ސަރުކާރުގެ ހަރަދު ކުރުމުގެ ސިޔާސަތުގެ ތެރެއިން ސިއްހީ ދާއިރާއަށް ކުރެވޭ ހަރަދުގެ ބޮޑު އިންސައްތައަކީ ޕްރިވެންޓިވް ހެލްތް ކެއަރއަށް ކުރެވޭ ހަރަދަށް ހަދާ، އެ ހަރަދު އެ ގޮތައް ރަނގަޅަށް ބައްޓަންކުރެވިއްޖެނަމަ މުޅި ރާއްޖެގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް ފެނިގެންދާނީ ދުޅަހެޔޮ މުޖުތަމައުއެއް ގާއިމްވެގެން ދާތަންކަމަށް މުއިއްޒު ފާހަގަކުރެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355