twitterviber whatsapp telegramfacebookyoutube instagram
19th May 2024

ފޯރިގަދަ އިވެންޓަކާއެކު ދިރާގު އީ-ސްޕޯޓްސް ކޮމްޕެޓިޝަން ނިންމާލައިފި

ނަބީލާ އިސްމާޢީލް
Aug 14, 2023

ދިރާގުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ ދިރާގު މޮބައިލް ލެޖެންޑްސް ކޮންކުއެސްޓް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މިދިޔަ ހުކުރު ދުވަހު އޮތް މުބާރާތުގެ ފައިނަލުގައި "ސްލީޕިން ފޯރެސްޓް" ޓީމާއި، "ވިގަނި" ޓީމް ވާދަކޮށް ކުރިހޯދާފައިވަނީ "ސްލީޕިން ފޯރެސްޓް"އެވެ. މުބާރާތުގެ ތިން ވަނަ ހޯދީ ޓީމް "އެސްއެލްއެފްއޯ މެކްސިސް"އެވެ.

ފައިނަލް މެޗު ފެށުމުގެ ކުރިން ވާހަކަ ދައްކަވަމުން ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު ވަނީ އީސްޕޯޓްސް ސަގާފަތް ރާއްޖޭގައި ކުރިއެރުމަށް ދިރާގުން ތިބީ ތައްޔާރަށް ކަމަށް ވިދާޅުވެފައެވެ. އެ އިވެންޓަކީ އެކުންފުނިން ދިވެހި ގޭމިންގ ކޮމިއުނިޓީއަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ފެށުން ކަމަށްވެސް އިސްމާއިލް ވަނީ ވިދާޅުވިއެވެ.

މިއީ ޖުމްލަ 100,000 ރުފިޔާގެ ޕްރައިޒް ޕޫލްއަކާއެކު ރާއްޖޭގައި ބޭއްވި އެންމެ ބޮޑު އީސްޕޯޓްސް އިވެންޓެވެ.

މުބާރާތުގެ ފައިނަލް މެޗު ދިރާގު ހެޑް އޮފީހުގައި ބާއްވާފައިވަނީ ސަޕޯޓަރުންނާއި އާންމުންނަށް މެޗުތައް ކުޅޭތަން ލައިވްކޮށް ބަލާލެވޭފަދަ ފޯރިގަދަ އިވެންޓެއްގެ ގޮތުގައެވެ.

އެ މެޗު ކުރިއަށް ދިޔައިރު ދިރާގުން ވަނީ އެއް ދުވަހުގެ ފީފާ ޓޯނަމަންޓަކާއި އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ދިޔަ ތަފާތު ވީއާރް ކުޅިވަރުތަކާއެކު ގޭމިން ފެސްޓެއްވެސް ބާއްވާފައެވެ. މި ފީފާ ޓޯނަމަންޓްގެ ޗެމްޕިއަންކަން ހޯދާ، ޕްލޭސްޓޭޝަން 5 ގެ އިނާމު ލިބިފައިވަނީ މުހައްމަދު ޒަމީލް ޒިހުނީއަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355