twitterviber whatsapp telegramfacebookyoutube instagram
28th April 2024

ވިލާ ކޮލެޖު ކުޅުދުއްފުށި ކެމްޕަހުގައި ބެޗެލަރ އޮފް ޓީޗިން ދިވެހި ލެންގުއެޖް ހެދުމުގެ ފުރުސަތު

ހ.މ
Aug 14, 2023

ވިލާ ކޮލެޖުގެ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރ އިންޓޭކްގެ ޕްރޮގްރާމްތަކަށް އެޕްލައި ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. މި އިންޓޭކުގައިވެސް 140 އަށް ވުރެ ގިނަ ޕްރޮގްރާމް، ވިލާކޮލެޖުން ވަނީ ހުށަހަޅާފައެވެ.

އެގޮތުން ވިލާކޮލެޖު ކުޅުދުއްފުށީ ކެމްޕަހުގައި ހިންގުމަށް ރާވާލެވިފައިވާ ޕްރޮގްރާމްތަކުގެ ތެރެއިން މި އިންޓޭކުގައި އެންމެ ފާހަގަ ކޮށްލެވޭ އެއް ޕްރޮގްރާމަކީ ފެކަލްޓީ އޮފް އެޑިއުކޭޝަނަލް ސްޓަޑީޒްގެ ބެޗެލާރ އޮފް ޓީޗިންގ ދިވެހި ލެންގުއެޖް ޕްރޮގްރާމެވެ.

މި ޕްރޮގްރާމުގެ އެންޓްރީ ކްރައިޓީރިއާއަކީ ޖީ.ސީ.އީ އޭލެވެލް/ އެޗް.އެސް.ސީ 2 ފާސް (ޖީ.ސީ.އީ އޭލެވެލް ފާހެއްކަމުގައި ބެލެވޭނީ 'އީ' ގްރޭޑަށް ވުރެ މަތި، އަދި އެޗް.އެސް.ސީ ފާހެއްކަމުގައި ބެލެވޭނީ 'ސީ' ގްރޭޑަށް ވުރެ މަތި) އޮތުން ނުވަތަ ގުޅޭ ދާއިރާއެއްގެ ލެވެލް 4 ގެ ސެޓުފިކެޓެއް އޮތުުމެވެ.

ބެޗްލަރ އޮފް ޓީޗިން ދިވެހި ލޭންގުއޭޖު ޕްރޮގްރާމަކީ ކިޔަވައިދިނުމުގެ ދާއިރާއަށް އަންނަމުންދާ ކުރިއެރުމާއި، ކަރިކިއުލަމާއި ޕެޑަގޮޖީއަށް އަންނަ ބަދަލުތަކާ އެކު ބަދަލުވަމުންދާ ދުނިޔެއެއްގައި ދަރިވަރުންނަށް ބޭނުންވާ ތައުލީމާއި ތަރުބިއްޔަތު ފުރިހަމަކޮށްދިނުމަށް ދިވެހި މުދައްރިސުން ތައްޔާރު ކުރުމުގެ ބޭނުމުގައި ފަރުމާ ކުރެވިފައިވާ ޕްރޮގްރާމެކެވެ.

އެގޮތުން، ގައުމީ މަންހަޖުގައި ފާހަގަކުރައްވާފައިވާ ލަނޑު ދަނޑިތައް ހާސިލު ކުރުމަށްޓަކައި ދިވެހި ކިޔަވައިދެއްވާ މުދައްރިސެއްގެ ހައިސިއްޔަތުން އަދާކުރައްވަން ޖެހިވަޑައިގަންނަވާ ދައުރާއި އެކަމަށް ބޭނުންވާ ހުނަރާއި ގާބިލިއްޔަތު ލިބިދިނުން އެއީ މި ޕްރޮގްރާމުގެ މައިގަނޑު އަމާޒެވެ. މި ޕްރޮގްރާމުގައި ދިވެހިބަހާއި ލިންގުއިސްޓިކްގެ ބައިތަކާއި ތާރީހްގެ ތަފާތު ބައިތައް ވަރަށް ފުންކޮށް ހިމެނިފައި ވާނެއެވެ. އަދި ކިޔަވައިދިނުމުގެ ވައްޓަފާޅިއާއި، ހުނަރުތަކާއި، ކަރިކިއުލަމާއި އެސެސްމަންޓު ގެންދާނޭގޮތް ހިމެނިފައިވާނެއެވެ.

މި ކޯހުގެ ކިޔެވުން ބަހާލެވިފައިވަނީ 3 އަހަރު ދުވަހުގެ މައްޗަށެވެ. މި ކޯހުގެ ފުރަތަމަ އަހަރު ކާމިޔާބުކަމާއެކު ފުރިހަމަ ކުރުމުން ޑިޕްލޮމާ އިން ޓީޗިން ދިވެހި ލެންގުއެޖް ސެޓުފިކެޓް ލިބިގެންދާނެއެވެ.

ކޯސްތަކުގެ މައުލޫމާތު ވިލާކޮލެޖުގެ ވެބްސައިޓް www.villacollege.edu.mv އިން ލިބެން ހުންނާނެއެވެ. އިތުރު މައުލޫމާތު ވިލާކޮލެޖު ކުޅުދުއްފުށީ ކެމްޕަހުގެ ނަންބަރު 7980611 އަށް ގުޅުއްވައިގެން ނުވަތަ ވައިބާރ ކޮށްލައްވައިގެން ހޯދާލެވޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355