twitterviber whatsapp telegramfacebookyoutube instagram
15th April 2026

ރައީސް ނަޝީދާއި އިލްޔާސް މިއަދު ކުޅުދުއްފުއްޓަށް ވަޑައިގަންނަވަނީ

އަބްދުލް ވާހިދު ޙަސަން
Aug 16, 2023
1

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު މިއަދު ކުޅުދުއްފުއްޓަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ރައީސް ނަޝީދު ކުޅުދުއްފުއްޓަށް ވަޑައިގަންނަވަނީ މިއަދު ހަވީރު ފްލައިޓްގަ، ގާތްގަނޑަށް 16:15 އެހާއިރު އެވެ. ނަޝީދުގެ މިދަތުރުފުޅަކީ ޑިމޮކްރެޓިކް ޕާޓީގެ ކެމްޕެއިން ދަތުރުފުޅެކެވެ.

ނަޝީދުގެ އަރިހުގައި ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެނޑިޑޭޓް އިލްޔާސް ލަބީބުވެސް ކުޅުދުއްފުއްޓަށް މިއަދު ވަޑައިގަންނަވާނެ އެވެ. އަދި އެއާޕޯޓް ސަރަހައްދުގައި ކުޑަ ހަފުލާއެއް އޮންނާނެކަމަށް މައުލޫމާތު ލިބެ އެވެ.

އެއަށް ދެން ކުރިއަށްދާނީ ޑޯޓުޑޯގެ ހަރަކާތްތައްކަމަށް އެ ޕާޓީން ބުނެ އެވެ. ނަޝީދުގެ މިދަތުރުފުޅުގައި ހދ އަތޮޅުގެ އެހެން ބައެއް ރަށްތަކަށްވެސް ވަޑައިގަންނަވާނެ އެވެ.

ނަޝީދު މިއަދު ކުޅުދުއްފުއްޓަށް ވަޑައިގަންނަވާއިރު މޭޔަރު މުހައްމަދު އާތިފާއި ޑެޕިއުޓީ މޭޔަރު އަލީ އަހުމަދު، ކައުންސިލަރު ރިލްވާނު މުހައްމަދު، އައިމިނަތު މަޖީދާ، އަހުމަދު އަބުދުﷲގެ އިތުރުން އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުލް ލަތީފް ވަނީ ޑިމޮކްރެޓިކްސް ދޫކޮށް އަލުން އެމްޑީޕީއާ ގުޅިވަޑައިގަންނަވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355